ލޮބީން ވިމެންސް ފުޓްސަލް ފިއެސްޓާ މިރޭ ފަށަނީ

ބ. އޭދަފުށީ ލޮބީން ފިހާރައިން އަންހެނުންނަށް ހާއްސަކޮށްގެން “ލޮބީން ވިމެންސް ފުޓްސަލް ފިއެސްޓާ” ނަމުގައި ފުޓްސަލް މުބާރާތެއް މިރޭ ފަށަން ތައްޔާރުވެއްޖެ އެވެ.

ލޮބީން ފިހާރައިގެ ވެރިޔާ މުހައްމަދު ރަޝާދު ބުނި ގޮތުގައި މުބާރާތުގެ މަގުސަދަކީ އޭދަފުށީގައި ދިރިއުޅޭ އަންހެވެރިންގެ މެދުގައި އެކުވެރިކަށް އާލާކޮށް އެކުވެރިކަން ބަދަހިކުރުމެވެ. އަދި ކުޅިވަރުގެ ތެރެއިން އޭދަފުށީ އަންހެންވެރިން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހޭލުންތެރިކުރުވުމާއި އޭދަފުށީގައި އަންހެން ފުޓްސަލް ކުރިއެރުވުމަކީ ވެސް މުބާރާތުގެ ބޭނުމެއް ކަމަށް އެ އޭނާ ބުނެ އެވެ.

މިރެއިން ފެށިގެން މިމަހުގެ 27 ގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތުގައި ފަސް ޓީމު ވާދަކުރެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ 8:40 ބައްދަލުކުރާނީ ފްރެންޑްސް އަދި ޓީމް ޔޫސުފް އެވެ. ދެވަނަ މެޗުގައި މިރޭ 9:30 ގައި ގަލްފް ގާލްސް އާ ދެކޮޅަށް ކުޅޭނީ ހަބޭސް އެވެ. ތިންވަނަ މެޗުގައި މާދަމާ ރޭ ބައްދަލުކުރާނީ ފްރެންޑް އަދި ދަ ޝޫޓާސް އެވެ.  

މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.

ލޮބީން ފިހާރައިން މިދިޔަމަހު ބޭއްވި ފުޓްސަލް ފިއެސްޓާ ހާއްސަކުރީ ފިހިރެން ޓީމުތަކަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.