އޭދަފުށިގައި މިހާރު ކުރިއަށްދާ ލޮބީން ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލުން ގަލްފް ގާލްސް އާއި ދަ ފްރެންޑްސް ޓީމް ޖާގަ ހޯދައިފި އެވެ.
އޭދަފުށީ ލޮބީން ފިހާރައިން އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތުގެ ފައިނަލުން ގަލްފް ގާލްސް ޖާގަ ހޯދީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރޭ ދަ ޝޫޓާސް އަތުން 3-1 އިން މޮޅުވެގެންނެވެ. ފްރެންޑްސް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގެ ފަހު މެޗުގައި ރޭ ހަބޭސް އަތުން 2-1 އިން މޮޅުވެގެންނެވެ.
ފޯރިއާ އެކު ކުރިއަށްދާ މި މުބާރާތުގެ ފައިނަލު މެޗު މިރެއަށް ވަނީ ތާވަލް ކޮށްފަ އެވެ. ފައިނަލު މެޗުގެ ކުޅުން ފަށާނީ މިރޭ 9:00 ގަ އެވެ.