ނައިފަރާއެކު އޭދަފުށި ވެޓަރަންސް ޓީމުން މެޗެއް ކުޅެނީ

އޭދަފުށި ވެޓަރަންސް ޓީމް

ޅ. ނައިފަރު ވެޓަރަންސް ފުޓްބޯޅަ ޓީމާއެކު އޭދަފުށި ވެޓަރަންސް ފުޓްބޯޅަ ޓީމުން އެކުވެރިކަމުގެ މެޗެއް ކުޅެން ނިންމައިފި އެވެ.

އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމްގެ މެނޭޖަރު އަހްމަދު ނާސިރު ބުނި ގޮތުގައި އަންނަ ހޮނިހިރު ދުވަހު އޭދަފުށީ ޓާފް ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗަކީ ވނައިފަރުގެ ވެޓަރަންސް ފުޓްބޯޅަ ޓީމާއި، އޭދަފުށީ ފުޓްބޯޅަ ޓީމާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި ރޭވި މެޗެކެވެ.

މި މެޗަށް ތައްޔާރުވުމުގެ ގޮތުން އޭދަފުށީ ޓީމުން އަންނަނީ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.

“ނައިފަރަކީ މިޒޯނަށް ބަލާއިރު ޒަމާނުއްސުރެވެސް ފުޓްބޯޅައިގައި އޭދަފުއްޓާ ވަރަށް ގާތް ބައެއް. އަދި ވަރަށް ވާދަވެރިވެސް ބައެއް. އެއްސަބަބަކީ އެގުޅުން ދެމެހެއްޓުން،” ނާސިރު ބުންޏެވެ.

” މި ޓީމުގެ އަމާޒެއް އެއީ 2023 ވަނަ އަހަރު ބައިނަލް އަގުވާމީ މުބާރާތެއްގައި ވާދަކުރުން،”

އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމުން މިއަހަރު މިހާތަނަށް ބ. އަތޮޅާއި، އަތޮޅުން ބޭރުގެ ރަށްރަށުގެ ޓީމްތައް ހިމެނޭގޮތަށް އެކުވެރިކަމުގެ ގިނަ މެޗުތަކެއް ވަނީ ކުޅެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.