ބ. އޭދަފުށީ އޮފީސް/ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްދާ އިންޓަ އޮފީސް ފުޓްސަލް ފިއެސްޓާގެ ފައިނަލުން ދިރާގާއި ފެނަކަ ފުރުސަތު ހޯދައިފި އެވެ.
އޭދަފުށީ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގެ ފައިނަލުން ދިރާގު ފުރުސަތު ހޯދީ ސެމީ ފައިނަލުގައި ކުޅުނު ސްކޫލް ކޮމްބައިން ޓީމު އަތުން 7-6 އިން މޮޅުވެގެންނެވެ. ފައިނަލުގެ ފަހު ޖާގަ ފެނަކަ އިން ހޯދީ ފޯރިގަދަ ކުޅުމަކަށް ފަހު ކްލަބް އުރީދޫ މައްޗަށް 5-4 އިން ކުރިހޯދައިގެންނެވެ. މިއީ ފެނަކައިން މި މުބާރާތުގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.
އިންޓަ އޮފީސް ފުޓްސަލް މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ދިރާގާއި އާއި ފެނަކަ ކުޅޭ ފައިނަލް އޮންނާނީ މާދަމާ ރެ އެވެ.
މުބާރާތުގެ އަންހެން ބައިގެ ފުރަތަމަ މެޗުގައި ސްކޫލް ޓީމާ ބައްދަލުކޮށް ދިރާގު ކޮމްބައިން ޓީމު މޮޅުވީ 3-1 އިންނެވެ. ދެވަވަ މެޗުގައި ރޭ ދިރާގު ކޮމްބައިން ޓީމުގެ މައްޗަށް ހޮސްޕިޓަލުން ކުރި ހޯދީ 2-0 އިންނެވެ.