ބެޑްމިންޓަން ޗެމްޕިއަންޝިޕް: ސިޔާމް ވޯލްޑް އާއި ފޯސީޒަން ފެށީ މޮޅަކުން

ރިސޯޓް މުބާރާތުގެ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން.—- ފޮޓޯ: ރިވައިވަލް

ރޭ ފެށި އެލް މޯބައިލް ރިވައިވަލް އިންޓަ ރިސޯޓް ބެޑްމިންޓަން ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުތަކުން ސިޔާމް ވޯލްޑް އާއި ފޯސީޒަން ރިސޯޓްސް މޮޅުވެއްޖެ އެވެ.

ރިވައިވަލް ސްޕޯޓްސް ކްލަބުން އިންތިޒާމްކޮށްގެން ރޭ އޭދަފުށީގައި ފެށި މި މުބާރާތުގައި ހަ ރިސޯޓަކުން ވާދަކުރެއެވެ. ސިޔާމް ވޯލްޑް އާއި ފޯސީޒަންގެ އިތުރުން ދެން މި މުބާރާތުގައި ވާދަކުރަނީ އަނަންތަރާ ކިހަވައް ވިލާސް، ރޯޔަލް އައިލެންޑް ރިސޯޓް، އަވާނީ ފަރެސް އަދި އަމިއްލަފުށި ރިސޯޓެވެ.

ރިސޯޓް މުބާރާތުގެ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން.—- ފޮޓޯ: ރިވައިވަލް

މި މުބާރާތް ކުރިއަށްގެންދަނީ މިކްސް ޓީމު އިވެންޓް މުބާރާތެއްގެ ގޮތުގައެވެ. ކޮންމެ މެޗެއްގައި ވެސް، ފަސް ގޭމް ހިމެނޭއިރު، ގޭމްތައް ކުޅެނީ ފިރިހެން ޑަބަލްސް، އަންހެން ޑަބަލްސް، ފިރިހެން ސިންގަލްސް، މިކްސް ޑަބަލްސް އަދި ފިރިހެން ޑަބަލްސް ގޭމެއް ކުޅޭ ގޮތަށެވެ.

އޭދަފުށީ ޔޫތު ސެންޓަރުގެ ބެޑްމިންޓަން ކޯޓުގައި ރޭ ކުޅުނު ގްރޫޕް އޭގެ ފުރަތަމަ މެޗުން ސިޔާމް ވޯލްޑް ރިސޯޓުން މޮޅުވީ، 4-1 މެޗުން ރޯޔަލް އައިލެންޑް ބައިކޮށްގެންނެވެ.

ގްރޫޕް ބީގެ ފުރަތަމަ މެޗުގައި އަނަންތަރާ އަތުން ފޯސީޒަން ރިސޯޓް މޮޅުވީ 3-2 މެޗުންނެވެ.

މުބާރާތުގައި މިރޭ ގްރޫޕް އޭ ގައި ފޯސީޒަން ކުޅޭނީ އަމިއްލަ ފުށި ރިސޯޓާ އެވެ. އަދި މިރޭ ރޯޔަލް ރިސޯޓުން އަވާނީ ފަރެސް އާ ކުޅޭނެ އެވެ.

ރިސޯޓް މުބާރާތުގެ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން.—- ފޮޓޯ: ރިވައިވަލް

މިއީ ރިވައިވަލް އިން ރިސޯޓްތަކަށް ހުޅުވާލައިގެން އޭދަފުށީގައި ބާއްވާ ފުރަތަމަ މުބާރާތެވެ. ދާދި ފަހުން، ރިވައިވަލް އިން ވަނީ އޭދަފުށީގައި އެކެޑަމީއެއްގެ މަސައްކަތް ފަށައި، މި ރަށުގައި ފޯރިގަދަ ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތެއް ވެސް ބާއްވާއިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.