ބ. އޭދަފުށީގައި އަނެއްކާވެސް އަންހެނުންގެ ފޯރިގަދަ ފުޓްސަލް މުބާރާތެއް ފަށައިފިއެވެ.
“ފްރެންޑް މީ ވިމެންސް ފުޓްސަލް ޗެލެންޖް 2020” ގެ ނަމުގައި ރޭ ފެށި މި މުބާރާތުގައި ހަ ޓީމު ވާދަކުރާއިރު، އޭގެ ތެރެއިން ބައެއް ޓީމުތަކަށް ގައުމީ ފެންވަރުގެ ކުޅުންތެރިން ވެސް ކުޅެއެވެ.
މުބާރާތް ހުޅުވުމުގެ ގޮތުން ރޭ ކުޅުނު ފުރަތަމަ މެޗުގައި ފްރެންޑްސް ޓީމުން ވަނީ 2-1 އިން ލިލީ ސްޓާ ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފްރެންޑްސްގެ ތޯރިހާ އަހްމަދަށެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި ދަ ޝޫޓާސް އަތުން ގަލްފް ގާލްސް ވަނީ 3-2 އިން މޮޅުވެފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގަލްފް ގާލްސްގެ އައިޝަތު ރަޝީދާއަށެވެ.
އަންނަ ޖެނުއަރީމަހުގެ 7 ގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ފްރެންޑް މީ އެވެ.