ވިިމެންސް ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ގަލްފް ގާލްސް އަށް

ޗެމްޕިއަން ގަލްފް ގާލްސް ޓްރޮފީއާއެކު

އޭދަފުށީ ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެން ބޭއްވި ފްރެންޑް މީ ވިމެންސް ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ގަލްފް ގާލްސް އިން ހޯދައިފި އެވެ.

މުބާރާތުގެ ފައިނަލް މެޗުގެ ތެރެއިން

އެޓީމުން ޗެމްޕިއަންކަން ހޯދީ ރޭ އޭދަފުށީ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗްގައި ސްޕާސް  އެފްޓީއާ ބައްދަލުކޮށް 3-2 ން ކުރި ހޯދައިގެންނެވެ.

މުބާރާތުގެ މޮޅު ފަސް ކުޅުންތެރިން

މުބާރާތުގެ މޮޅު ފަސް ކުޅުންތެރިން

މި މުބާރާތުގެ އެންމެމޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ފައިނަލުމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގަލްފް ގާލްސްގެ އައިޝަތު ޝިފާ އާއި ފާތުމަތު ފައިހާ އާއި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސްޕާސް ޓީމުގެ އައިމިނަތު ޝާމިލާ އާއި އައިމިނަތު ނީމް އަދި ފްރެންޑްސް ޓީމުގެ ގޯލްކީޕަރު މައުނާ އަބްދުލްއަޒީޒު އެވެ.

މުބާރާތުގައި އެންމެގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ފްރެންޑްސްގެ ފާތުމަތު ޒީނިޔާ އެވެ.

އެންމެގިނަ ގޯލް ޖެހި ކުޅުންތެރިޔާ، ފާތުމަތު ޒީނިޔާ

ޓޮޕް ސްކޯރަ، ޒީނިޔާ

މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔާ، ހައްވާ އިޒްވާ

ހައްވާ އިޒްވާ އަމްޖަދު

މި މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔަކީ ސްޕާސް ޓީމުގެ ގޯލް ކީޕަރު ފަނަރަ އަހަރުގެ ހައްވާ އިޒުވާ އަމްޖަދު އެވެ.

މުބާރާތުގް އެންމެ މޮޅު ކުޅުންތެރިޔާ، އައިމިނަތު ޝާމިލާ

މުބާރާތުގެ އެންމެ މޮޅު ކުޅުންެރިޔާ، ޝާމިލާ

މުބާރާތުގެ އެންމެމޮޅު ކޯޗަކަށް ގަލްފް ގާލްސްގެ މުހައްމަދު ރަޝީދު ހޮވުނުއިރު، ބެސްޓް ސަޕޯޓަރަކަށް ހޮނުވީ ސުނީތާ އަބޫބަކުރެވެ.  

ބެސްޓް ސަޕޯޓަ، ސުނީތާ

ބެސްޓް ސަޕޯޓަ ސުނީތާ

ޒުވާނުންގެ ކްލަބުން ބުނީ އަންހެނުންނަށް ހާއްސަކޮށްގެން އިތުރު މުބާރާތްތައް މިއަހަރުތެރޭ ބާއްވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.