ކްލަބް އޭދަފުށިން އިންތިޒާމުކޮށްގެން ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅި ބޭއްވި “އޭދަފުށި ބެޑްމިންޓަން ޗެލެންޖް” ފޯރިގަދަ ކުޅުމާއި އެކު ރޭ ނިންމާލައިފިއެވެ.
މި މުބާރާތުގެ ޓީމު އިވެންޓްގެ ޗެމްޕިއަންކަން ހޯދީ ތަންޑަބާޑްސް ޓީމެވެ. އެއީ ފައިނަލުގައި ރޭ ސްމެސަސް ޓީމުގެ މައްޗަށް ތިން ގޭމް އެއް ގޭމުން މޮޅުވެގެންނެވެ.
މި މުބާރާތުގެ އެންމެމޮޅު އަންހެން ކުޅުންތެރިއަކަށް ތަންޑަބާޑްސްގެ ޖުނެއިނާ ހޮވުނު އިރު، އެންމެމޮޅު ފިރިހެން ކުޅުންތެރިއަކަށް ހޮވުނީ މެޗު ޕޮއިންޓް ޓީމުގެ މުހައްމަދު އަގްޔާން އަމްޖަދު އެވެ.
މި މުބާރާތަކީ ކްލަބް އޭދަފުށިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ފުރަތަމަ މުބާރާތެވެ. މި މުބާރާތަކީ އޭދަފުށީގައި ބެޑްމިންޓަންގެ ރޫޙު އާލާކޮށް ޤައުމީ ފެންވަރުގައި ބެޑްމިންޓަން ކުޅޭނެ ރަނގަޅު ކުޅުންތެރިންތަކެއް ބިނާކޮށް ބެޑްމިންޓަން ކުޅޭހިތްވާ ދެ ޖިންސުގެ ޒުވާނުންނަށް އެ ފުރުޞަތު ހޯދައިދިނުމުގެ ބޭނުމުގައި ބޭއްވި މުބާރާތެކެވެ.