އިންޓަހައުސް ނެޓްބޯލް: ޖޫނިއާ ޗެމްޕިއަންކަން ޔެލޯ، ސީނިއާ ޗެމްޕިއަންކަން ވައިލެޓް

ސީނިއާ ޗެމްޕިއަން، ވައިލެޓް ހައުސް — ފޮޓޯ/ޝުހައިލާ

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ އިންޓަހައުސް ނެޓްބޯޅަ މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ޔެލޯ ހައުސް އަދި ސީނިއާ ބައިގެ ޗެމްޕިއަންކަން ވައިލެޓް ހައުސް ހޯދައިފި އެވެ.

މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ޔެލޯ ހައުސް ހޯދީ ފައިނަލުގައި މިއަދު ހެނދުނު 24-13 އިން ބްލޫ ހައުސް ބަލިކޮށްގެންނެވެ.

ޖޫނިއާ ޗެމްޕިއަން، ޔެލޯ ހައުސް — ފޮޓޯ/ޝުހައިލާ

ސީނިއާ ބައިގެ ތަށި ވައިލެޓް ހައުސް އިން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލުގައި 22-14 އިން ބްލޫ ހައުސް ބަލިކޮށްގެންނެވެ.

ކްއީން އޮފް ދަ ޓޯނަމެންޓް އައިޝަތު ރާޔާ (ޖޫނިއާ) — ފޮޓޯ/ޝުހައިލާ

މުބާރާތުގެ ޖޫނިއާ ބައިން އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވުނީ ޖޫނިއާ ބައިގެ ކްއީންގެ މަގާމު ހޯދި ޔެލޯ ހައުސްގެ އައިޝަތު ރާޔާ އާއި ފާތިމަތު ލުޖައިން އަލީ އާއި ބްލޫ ހައުސްގެ މަރިޔަމް އީނާސް އިލްޔާސް އާއި އާމިނަތު ހިލްޔާ މުޙައްމަދު އާއި އީނާލް އަބްދުލް މަޖީދު އާއި ރެޑް ހައުސްގެ މަރިޔަމް ނައުހާ އަދި ވައިލެޓް ހައުސްގެ މިސްކާ އަޙުމަދު ޝަރީފް އެވެ.

ކްއީން އޮފް ދަ ޓޯނަމެންޓް، އައިޝަތު ދިފްލާ (ސީނިއާ) — ފޮޓޯ/ޝުހައިލާ

ސީނިއާ ބައިން އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވުނީ، މިބައިގެ ކްއީންގެ މަގާމު ހޯދި ވައިލެޓް ހައުސްގެ އައިޝަތު ދިފްލާ އާއި އައިޝަތު އައިން އަނިލް އާއި ހައްވާ ފަރާހަތު ނާޝިދު އާއި ބްލޫ ހައުސްގެ މަލިކާ އަހްމަދު އާއި އައިޝަތު ނައިހާ އާއި ޔެލޯ ހައުސްގެ ހައްވާ އިޒުވާ އަމްޖަދު އަދި ރެޑް ހައުސްގެ އައިޝަތު މަލްހާ ޒުހާން އެވެ.

އިންޓަހައުސް ކުޅިވަރު މުބާރާތަކީ ސްކޫލް ކުދިންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށްޓަކައި ކޮންމެ އަހަރަކު ވަރަށް ފޯރިއާ އެކު ބާއްވަމުން އަންނަ މުބާރާތެކެވެ. ނެޓްބޯޅަ މުބާރާތް މިއަދު ނިމުމާއެކު މާދަމާ އިންޓަހައުސް ފުޓްބޯޅަ މުބާރާތް ފަށާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.