އެސްޓީއޯ އޭދަފުށި ކަޕް: ސައްޓުގެ ގޯލުތަކުން ހުސް ސޮނގުން މޮޅުވެއްޖެ

ވެޓަރަންސް އާއި ހުސްސޮންގުން ބައްދަލުކުރި މެޗުގެ ތެރެއިން — ފޮތޯ/ރަޔާން ފޮޓޯސް

އެސްޓީއޯ އޭދަފުށި ކަޕްގައި މިއަދު ހަވީރު އިޝާން އިބްރާހީމް (ސައްޓު) ގެ ދެ ގޯލާ އެކު ހުސް ސޮނގުން ފުޓްބޯޅަ ޓީމު މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ. އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމާ ވާދަކޮށް ހުސް ސޮނގުން މެޗު ކާމިޔާބުކުރީ 2-0 އިންނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ހުސް ސޮނގުން ވަނީ 2-1 އިން ވެލާ ސްޕޯޓްސް ކްލަބް އަތުން ބަލިވެފަ އެވެ. ވެޓަރަންސް ޓީމު ކުޅުނު ފުރަތަމަ މެޗުގައި ބީކޭ ފުޓްބޯޅަ ކްލަބާ ދެކޮޅަށް ކުޅެ ވީ އެއްވަރެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެވެ. ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ހުސް ސޮނގުން ޓީމުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސައްޓު ދެ ގޯލު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ގޯލު ދެ ވަނަ ހާފުގެ ކުރީކޮޅު ޖެހިއިރު ދެ ވަނަ ގޯލު ޖެހީ 61 ވަނަ މިނެޓުގަ އެވެ.

ފަސް ޓީމުން ވާދަކުރާ މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ބީކޭ ފުޓްބޯޅަ ކްލަބާއި އެމްވީ ޔުނައިޓެޑެވެ. މި ދެ ޓީމު ވެސް ފުރަތަމަ ކުޅުނު މެޗު ވީ އެއްވަރެވެ. އެހެންވެ މާދަމާގެ މެޗުން މޮޅެއް ހޯދުން ދެ ޓީމަށް ވެސް މުހިއްމެވެ.

އޭދަފުށީ ކައުންސިލްގެ ކްލަބް، ކްލަބް އޭދަފުށިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ. މީގެ އިތުރުން ޖާޒިއާ އާއި ލޮޓަސް ފިހާރަ އަދި އޭދަފުށީ ޖީ9 ޓްރޭޑާސް އަކީ ވެސް ސްޕޮންސަރުންނެވެ. މުބާރާތުގެ ފޮޓޯ ގްރަފީ ޕާޓްނަރަކީ ރަޔާން ފޮޓޯސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.