ފަލަސްތީނާއެކު ތިބިކަން އަންގައިދޭން ބ. އަތޮޅުގައި ވެސް ހާއްސަ ހަރަކާތްތަކެއް

ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަ ކުރުމުގެ ގޮތުން ބ. މާޅޮހުގައި އިއްޔެ ބޭއްވި ހިނގާލުން– ފޮޓޯ/އަބްދުލްޖަލީލް ސޯލިހް

އިޒްރޭލުން ފަލަސްތީނަށް ދެމުންދިޔަ ވަރުގަދަ ހަމަލާތަކުގައި، ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުވެފައިވާތީ، މި ދަނޑިވަޅުގައި ދިވެހި ރައްޔިތުން އެ ގައުމާއެކު ތިބިކަން އަންގައި ދިނުމަށްޓަކައި ބ. އަތޮޅުގެ ބައެއް ރަށްރަށުގައި ވެސް ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު މިއަތޮޅު ކަމަދޫގައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާ ދެކޮޅަށް އަޑު އުފުލައި، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އެރަށުގައި ފަންޑު ފޮއްޓެއް ބަހައްޓާފަ އެވެ. އަދި ކަމަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ހެދިކާ ތައްޔާރުކޮށް އެތަކެތި ވިއްކައިގެން ލިބޭ ފައިސާ ވެސް ފަންޑު ފޮއްޓަށް ހަދިޔާކުރަން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން އިއްޔެ މިއަތޮޅު މާޅޮހުގައި ވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަ ކުރުމުގެ ގޮތުން ހިނގާލުމެއް ބާއްވައިފަ އެވެ. މި ހިނގާލުމުގައި އެރަށުގެ ކުދިބޮޑު އެކި އުމުރުތަކުގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަ ކުރުމުގެ ގޮތުން ބ. މާޅޮހުގައި އިއްޔެ ބޭއްވި ހިނގާލުން– ފޮޓޯ/އަބްދުލްޖަލީލް ސޯލިހް

ހިނގާލުމުގެ ބައިވެރިންވަނީ ފަލަސްތީނާއިއެކު ތިބިކަން ހާމަ ކުރުމަށާއި އިސްރާއީލުގެ ޔަހޫދީންގެ އަމަލުތައް ކުށްވެރި ކުރުމަށް އެކި ކަހަލަ ޝިއާރުތައް ލިޔެފައިވާ ބޯޑުތައް ބޭނުންކޮށްފައެވެ.

މީގެ އިތުރުން ފަލަސްތީނު ރައްޔިތުންނަށް އެހީވުމުގެގޮތުން އޭދަފުށީ ޕިކްސަލް ޕްރޯ ފިހާރައިގައި ބެހެއްޓި ފަންޑް ފޮށްޓަށް ލިބުނު ފައިސާ ރާއްޖެ ޓީވީން ގެނެސްދޭ ޓެލެތޯން ޕްރޮގްރާމަށް އިއްޔެ ވަނީ ހަދިޔާކޮށްފަ އެވެ.

ބ. އަތޮޅުގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް އަންނަނީ ފަލަސްތީނާއިއެކު ދިވެހިން ތިބިކަން ހާމަ ކުރުމަށް އެކިކަހަލަ ހަރަކާތްތައް ހިންގަމުންނެވެ.

ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަ ކުރުމުގެ ގޮތުން ކަމަދޫގައި ކުރިއަށްގެދިޔަ ހަރަކާތުގެ ތެރެއިން

އިޒްރޭލުން ހިސާރުކޮށްފައި އޮންނަ ގާޒާ އަށް ވަރުގަދަ ހަމަލާތައް ދެމުން ގެންދާތާ 11 ދުވަސް ފަހުން ހުކުރު ދުވަހު ފަތިހުން ފެށިގެން އިޒްރޭލުން ހަމަލާތައް ވަނީ ހުއްޓާލައިފި އެވެ. ހަމަލާތައް ހުއްޓާލިއިރު އެތައް މުސްލިމުންނެއް ވަނީ ޝަހީދުކޮށްލާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.