ދަރަވަންދޫ މޮނިޓަރިން އިން ނަަގައިފި

ބ. ދަރަވަންދޫން އަރައި ފޭބުން މަނާކޮށްފައި އޮންނަތާ ދުވަސްތަކެއް ފަހުން އެކަން އުވާލައި އާއްމު ހާލަތަށް ބަދަލުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ދަރަވަންދޫގެ މޮނިޓަރިންގެ ހާލަތު އުވައިލީ ކޮވިޑް-19ގެ ރައްކާތެރިކަމުގެ ގޮތުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމަށް ފަހު، މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މި ވަގުތު ނެތުމުން ކަމަށެވެ.

ދަރަވަންދޫން ކޮވިޑް-19 ގެ ކޭސްއެއް ފެނުނީ މިދިޔަމަހުގެ 18 ގައެވެ. އެ ދުވަހުން ފެށިގެން އެރަށަށް އަރައި ފޭބުން މަނާކޮށް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތާއި ރޭންޑަމް ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތްތަކެއް ފުޅާ ދާއިރާއެއްގައި ކުރި އެވެ. ފުރަތަމަ ކޭސް ހިމެނޭ ގޮތުން އެރަށުން އިތުރު ކޭހެން ފެނިގައެއް ނުވެއެވެ.

ދަރަވަންދޫ އެންމެ ފުރަތަމަ މޮނިޓަރިން އަށް ގެންދިޔައީ ކަރަންޓީނުގެ އުސޫލާ ޚިލާފަށް ބޭރަށް ނުކުމެ އުޅުނު ބިދޭސީއެއްގެ ޓެސްޓުގެ ނަތީޖާ ލިބުނު އިރު ޕޮޒިޓިވްވުމުންނެވެ. ބަންގްލާދޭޝް މީހާ ކޮވިޑަށް ޕޮޒިޓީވްކަން އެނގުނު އިރު، ކަރަންޓީނުގެ އުސޫލާ ޚިލާފަށް އޭނާ ރަށު ތެރެއަށް ނިކުމެ، އެކި ތަންތަނަށް ގޮސް މީހުންނާ އޭރު ވަނީ ބައްދަލުކޮށްފައެވެ.

ދަރަވަންދޫގެ މޮނިޓަރިން އުވާލިއިރު، ބ. އަތޮޅުގެ އިތުރު ތިން ރަށުގައި ކޮވިޑް ފެތުރެމުން ދާތީ އެ ރަށްރަށް އަދިވެސް އޮތީ މޮނިޓަރިން ގައެވެ. އެއީ އޭދަފުށީން ތުޅާދޫ އަދި ކެންދޫ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.