އެކުވެރިކަމުގެ މެޗަކަށް ގައުމީ އަންހެން ފުޓްބޯޅަ ޓީމް އޭދަފުއްޓަށް

ގައުމީ އަންހެން ފުޓްބޯޅަ ޓީމް ޓްރޭނިންގ ސެޝަނެއްގައި– ފޮޓޯ/އަންހެން ނެޝަނަލް ފުޓްބޯލް ޓީމް

އަންނަ އަހަރު އިންޑިއާގައި ބާއްވާ، ވިމެން އޭޝިއަން ކަޕަށް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން އޭދަފުށިން ހޮވާލެވޭ އަންހެން ޓީމަކާ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ މެޗެއް ކުޅޭގޮތަށް ހަމަޖެހިއްޖެ އެވެ.

އޭދަފުށީ ކައުންސިލުގެ އޮފިޝަލަކު ވިދާޅުވީ މި މެޗު އޮންނާނީ މިމަހުގެ 26 ވަނަ ދުވަހު ހަވީރު އޭދަފުށީ ޓާފު ދަނޑުގައި ކަމަށާއި ގައުމީ އަންހެން ޓީމު އަންނަ އާދީއްތަ ދުވަހު މެންދުރުފަހު އޭދަފުށީގައި ކޭމްޕް ކުރާނެ ކަމަށެވެ.

“މި މެޗުގައި އެއްކޮޅުން މި ކުޅެނީ އޭދަފުށިން ހޮވާލެވޭ ޓީމެއް. އަނެއްކޮޅުން ގައުމީ އަންހެން ފުޓްބޯޅަ ޓީމު. އެހެންވެ ވަރަށް ފޯރިގަދަ މެޗަކަށް ވެގެންދާނެ،” އޮފިޝަލް ވިދާޅުވި އެވެ.

އެފްއޭއެމް އާއި އޭދަފުށީ ކައުންސިލް ގުޅިގެން ރާވާ މި މެޗަކީ އޭދަފުށީގައިި ތިބި ހުނަރުވެރި ކުޅުންތެރިންނަށް ފެންވަރު ދައްކާލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް އޮފިޝަލް ބުންޏެވެ.

ކޮލިފައިން މެޗުތައް ކުޅޭނީ ސެޕްޓެމްބަރު 14 އިން 25 އަށެވެ. ރާއްޖެ ހިމެނޭ ގުރޫޕް ބީގެ މެޗުތައް ކުޅޭނީ ތަޖިކިސްތާންގަ އެވެ. މެޗުތައް ކުޅޭނެ ސީދާ ތާރީހު އޭއެފްސީ އަދި އިއުލާން ކޮށްފައެއް ނުވެ އެވެ.

ރާއްޖޭގެ ފުރަތަމަ މެޗުގައި ކުޅެން ޖެހޭނީ ތަޖިކިސްތާނާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ވިއެޓްނާމްއާ ދެކޮޅަށެވެ. އަދި ކޮލިފައިންގެ ފަހު މެޗުގައި އަފްގާނިސްތާނާ ދެކޮޅަށެވެ. އޭޝިއަން ކަޕަށް ކޮލިފައި ވަނީ ގުރޫޕްގެ އެއް ވަނަ ހޯދާ ޓީމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.