އުރީދޫ އަތޮޅު ދުވުމުގައި ބައިވެރިވާން އިތުރު ފުރުސަތެއް

އުރީދޫ އަތޮޅު ދުވުމުގައި ޒުވާން މަސްވެރިޔާ، ސާޖިން ބައިވެރިވަނީ– ފޮޓޯ: އުރީދޫ

“އުރީދޫ އަތޮޅު ދުވުން 2021” ގައި ރަޖިސްޓަރީވުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފި އެވެ.

އުރީދޫން މިއަދު ބުނީ އެ ދުވުމުގައި ބައިވެރިވުމުގެ ސުންގަޑި އިއްޔެގެ ހަވީރަށް ހަމަވި ނަމަވެސް ގިނަ ބަޔަކު އަދިވެސް ފުރުސަތަކަށް އެދުމުން އަންނާތީ ރަޖިސްޓަރީ ވުމުގެ ވަގުތު ދަންމައިލީ ކަމަށެވެ. މި ދުވުމުގައި ބައިވެރިވުމުގެ އާ ސުންގަޑިއަކީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 6:00 އެވެ.

ރަޖިސްޓަރީ ވެފައިވާ ދުވުންތެރިން ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމްގައި އަންނަ ހޮނިހިރު ދުވަހުގެ މެންދަމު 12ގެ ކުރިން ވާޗުއަލް ބިބް ޝެއާ ކޮށްގެން އަތޮޅު ދުވުމުގެ ޓީޝާޓެއް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

މި އަހަރުގެ ދުވުމުގައި ފަސް ކިލޯ މީޓަރުގެ އިތުރުން އަލަށް ތައާރަފުކުރި 10 ކިލޯމީޓަރުގެ ކެޓަގަރީގައި ވެސް ބައިވެރިވެވޭނެ އެވެ. ދެ ކެޓަގަރީގައި ވެސް ބައިވެރިވާން ބޭނުންވާ މީހުން އެ ދެ ކެޓަގަރީ އަށް ވަކިން ރަޖިސްޓަރީވެ 15 ކިލޯމީޓަރު ފުރިހަމަކުރަންޖެހެ އެވެ. އުމުރުން ފަސް އަހަރުން މަތީގެ މީހުންނަށް ވެސް ބައިވެރިވެވޭ މި ދުވުން ފުރިހަމަ ކުރަން ޖެހެނީ އަންނަ މަހުގެ 1 އިން 7 އަށެވެ.

ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ޑިޖިޓަލް ބިބް އަދި ކޮންފަމޭޝަން މެސެޖެއް ލިބޭނެ އެވެ.

ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕާ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓްގެ ސްކްރީންޝޮޓް، ކޮންފަމޭޝަން މެސެޖާ އެކު ލިބޭ ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ދުވުންތެރިންނަށް ލިބޭނެ އެވެ. ފިޒިކަލް މެޑަލް ބޭނުންވާ މީހުން ކުޑަ އަގަކާ އެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑް ކޮށްލުމުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ނަމަވެސް ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށް އުރީދޫން ބުނެ އެވެ.

“އުރީދޫ އަތޮޅު ދުވުން” އަކީ އެކަނި އަދި އާއިލާ އާއި ރައްޓެހިންނާ އެކުގައި ވެސް، ގައިދުރުކަމާއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ހަރަކާތެކެވެ.

ދުވުމުގައި ރަޖިސްޓަރީ ވެވޭނީ ހާއްސަ ޕޯޓަލެއް މެދުވެރިކޮށެވެ.Ooredoo Atholhu Dhuvun 2021

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.