އުރީދޫ އަތޮޅު ދުވުން: ބ. އަތޮޅު ތަމްސީލް ކުރާނީ މަދީން

އުރީދޫ ވާޗުއަލް އަތޮޅު ދުވުމުގައި އަތޮޅުތައް ތަމްސީލް ކުރާ ދުވުންތެރިން އިއުލާން ކޮށްފިއެވެ.

މި މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އުރީދޫ ވާޗުއަލް ދުވުމުގައި ބ. އަތޮޅު ތަމްސީލް ކުރާނީ މުހައްމަދު މަދީނެވެ.

މިއީ، ދެ ބަޔަކަށް ބަހާލައިގެން ރާއްޖޭގެ 20 އަތޮޅެއްގައި އޮންލައިންކޮށް ކުރިއަށް ގެންދާ ދުވުމުކެވެ. މި އަހަރުގެ ދުވުމުގައި ފަސް ކިލޯ މީޓަރުގެ އިތުރުން އަލަށް ތައާރަފުކުރި 10 ކިލޯމީޓަރުގެ ކެޓަގަރީ  ހިމެނެ އެވެ. މަދީން ވާދަކުރާނީ 5 ކިލޯ މީޓަރުގެ ކެޓަގަރީގަ އެވެ.

މީގެ އިތުރުން ނ. އަތޮޅު އަބްދު ޔާސިރު ތަމްސީލު ކުރާއިރު ރ. އަތޮޅު އަބްދުލް ލަތީފު ހަސަން، ޅ. އަތޮޅު ހުމައިދު އަބްދުލް ރައްޒާގު، ކ. އަތޮޅު މަރިޔަމް ލީނާ، އއ. އަތޮޅު ރަމީޒު، އދ. އަތޮޅު އާތިފް އިބްރާހިމް، ވ. އަތޮޅު ހަސަން ސިނާން، މ. އަތޮޅު އަހުމަދު ސަމީހު، ފ. އަތޮޅު އާމިނަތު މަލްދާ، ދ. އަތޮޅު އިހުމާ ހަސަން، ތ. އަތޮޅު އަޒްވަރު ހަސަން، ލ. އަތޮޅު މުހައްމަދު ފަޔާޒު، ގއ. އަތޮޅު ސާޖިން (ޒުވާން މަސްވެރިޔާ)، ގދ. އަތޮޅު މަރިޔަމް އަފްޒާ ނައީމް، ފުވައްމުލަކު މުޖޭ އަދި އައްޑޫ ތަމްސީލު ކުރާނީ އައިޝަތު އަފީފާއެވެ.

އުރީދޫ ވާޗުއަލް ދުވުމަކީ އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިދިޔަ އަހަރު ފެށި ދުވުމެކެވެ. މިއީ އެކަނި އަދި އާއިލާ އާއި ރައްޓެހިންނާ އެކުގައި ވެސް، ގައިދުރުކަމާއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ހަރަކާތެކެވެ.

މި ދުވުން ފުރިހަމަ ކުރާ ދުވުންތެރިންނަށް ޑިޖިޓަލް މެޑައްޔެއް ލިބޭނެއެވެ. ފިޒިކަލް މެޑަލް ބޭނުންވާ މީހުން ކުޑަ އަގަކާ އެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑް ކޮށްލުމުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ނަމަވެސް ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށް އުރީދޫން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.