ގްރީން ޓެކްސްގެ ގޮތުގައި ބ. އަތޮޅުން ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ

މިދިޔަ ޖޫން މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 60 މިލިއަން ރުފިޔާ ލިބިފައިވާ އިރު ބ. އަތޮޅުން ގްރީން ޓެކްސްގެ ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ގްރީން ޓެކްސްއާ ބެހޭ ރިޕޯޓުގައިވާ ގޮތުން މިދިޔަ ޖެނުއަރީ މަހު އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވާ މާލެ އަތޮޅަށް 21 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މާލެ އަތޮޅަކީ ރިސޯޓުތަކުގެ އިތުރުން ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަށްދާ އަތޮޅެވެ. އެގޮތުން މާފުއްޓާއި ދިއްފުއްޓާއި ތުލުސްދޫ އަކީ ގެސްޓްހައުސް ވިޔަފާރީގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ރަށްތަކެވެ.

ދެވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ 7 މިލިއަން ރުފިޔާއާ އެކު އދ. އަތޮޅުންނެވެ. ރ، ބ އަދި އއ މިއިން ކޮންމެ އަތޮޅުކުން 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވެ އެވެ.

ގްރީން ޓެކްސް އިން ލިބޭ އާމްދަނީ ސަރުކާރުން ހޭދަކުރަނީ ތިމާވެށި ރައްކާތެރިކުރުމަށް ހިންގާ ޕްރޮޖެކްޓްތަކަށެވެ. މީގެ ތެރޭގައި ނަރުދަމާގެ މަޝްރޫއުތަކާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި ފެނުގެ ހިދުމަތް ދިނުމުގެ ޕްރޮޖެކްޓްތައް ހިމެނެ އެވެ. މިދިޔަ ޖެނުއަރީ މަހު ގްރީން ޓެކުހުން ލިބުނު އާމްދަނީގެ ތެރެއިން 12.8 މިލިއަން ރުފިޔާ ޕްރޮޖެކްޓްތަކަށް ހޭދަކުރި އިރު ފެބްރުއަރީ މަހު 58 މިލިއަން ޕްރޮޖެކްޓްތަކަށް ހޭދަކޮށްފައިވެ އެވެ. އަދި މާޗު މަހު 31 މިލިއަން ރުފިޔާ ޕްރޮޖެކްޓްތަކަށް ހޭދަކުރި އެވެ.

ގްރީން ޓެކްސް ނަގަން އެންމެ ފުރަތަމަ ފެށީ 2015 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ ނަގަން ފެށީ ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރަށް ސަފާރީތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންގެ އަތުންނެވެ. ދިވެހިންނާއި ރެޒިޑެންޓް ވިސާގައި ރާއްޖޭގައި ތިބޭ ބޭރު މީހުން ފިޔަވައި އެހެން ބިދޭސީންގެ އަތުން ދުވާލަކަށް ހަ ޑޮލަރުގެ މަގުން ނަގާ މި ޓެކްސް ގެސްޓް ހައުސްތަކުން ނަގަން ފެށީ އޮކްޓޫބަރު 2016 އިން ފެށިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.