ހުޅުމާލޭ ވެޓަރަންސް ފުޓްބޯޅަ ޓީމާއެކު އޭދަފުށި ވެޓަރަންސް ފުޓްބޯޅަ ޓީމުން އެކުވެރިކަމުގެ މެޗެއް މިއަދު ހަވީރު އޭދަފުށީގައި އޮންނާނެ އެވެ.
އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމުން ބުނިގޮތުގައި މިއަދު ހަވީރު އޭދަފުށީ ޓާފް ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗަކީ ހުޅުމާލޭ ވެޓަރަންސް ފުޓްބޯޅަ ޓީމާއި، އޭދަފުށީ ފުޓްބޯޅަ ޓީމާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި ރޭވި މެޗެކެވެ.
އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމުން ވަނީ މިހާތަނަށް ބ. އަތޮޅާއި، އަތޮޅުން ބޭރުގެ ރަށްރަށުގެ ޓީމްތައް ހިމެނޭގޮތަށް އެކުވެރިކަމުގެ ގިނަ މެޗުތަކެއް ކުޅެފައެވެ.