ގޮއިދޫ އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ފަށައިފި

ގޮއިދޫ އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި ފެނަކަ އާއި އެމްޑަބްލިޔުއެސްސީ ބައްދަލުކުރި މެޗުގެ ތެރެއިން -ފޮޓޯ/ޒެޑް ކްލިކްސް

ގޮއިދޫ އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ފަށައިފި ބ. ގޮއިދޫގައި ހުންނަ ސަރުކާރު އޮފީސް/ކުންފުނިތަކުގެ މެދުގައި ބާއްވާ ޒޫމް ޑީލްސް އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓް ރޭ ފަށައިފި އެވެ.

މި މުބާރާތަކީ ފާއިތުވި އަހަރުތަކެކޭވެސް އެއްފަދައިން ގޮއިދޫގެ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް އެކުވެރިކަން ގާއިމުކުރުމަށްޓަކައި ބޭއްވޭ މުބާރާތެކެވެ.

ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ޖަޒްލާން — ފޮޓޯ ޒެޑް ކްލިކްސް

މުބާރާތް ފެށުމުގެ ގޮތުން ރޭ ކުޅުނު ފުރަތަމަ މެޗުގައި ރަށު ކައުންސިލާ ބައްދަލުކޮށް ގޮއިދޫ ސްކޫލް މޮޅުވީ 10-2 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ސްކޫލް ޓީމުގެ އަލީ ޖަޒްލާން އެވެ.

ގޮއިދޫ އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި ކައުންސިލާއި ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން -ފޮޓޯ/ޒެޑް ކްލިކްސް

ރޭ ކުޅުނު ދެވަނަ މެޗުގައި އެމްޑަބްލިއުއެސްސީ ގެ މައްޗަށް ފެނަކަ ކުރި ހޯދީ 5-3 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ފެނަކައިގެ ޝަމްއޫން ޖަލީލަށެވެ. ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމް ބައިވެރިވެފައިވާއިރު، މިއަހަރުގެ މުބާރާތް އިންތިޒާމު ކުރަނީ ގޮއިދޫ ސްކޫލުންނެވެ.

މި މުބާރާތުގެ އޮންލައިން މިޑިޔާ ޕާޓްނަރަކީ އީޓީ އެވެ.

ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޝަމްއޫން ޖަލީލް — ފޮޓޯ ޒެޑް ކްލިކްސް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.