އިތުރު ފަސް ރަށަކަށް ކޮމިއުނިޓީ ފަންޑުން އެހީވަނީ

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރު ހޯނޑެއްދޫގައި ހުޅުވި “ދިގެ މައްކޮޑާ” ނޭޗާ ޕާކު– ފޮޓޯ: ބީއެމްއެލް

މިއަހަރުގެ ތިންވަނަ ކުއާޓާގައި ބީއެމްއެލް “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް” ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ފަސް ޕްރޮޕޯސަލެއް ހޮވައިފި އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އެކި ރަށްރަށުގައި އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން ހިންގާ ޕްރޮޖެކްޓުތަކަށް އެހީވާން ބޭންކުން ހުޅުވާލި ފަންޑެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ވެސް ފަސް ރަށެއްގައި ޕްރޮޖެކްޓު ހިންގުމަށް މި ފަންޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ތިންވަނަ ކުއާޓާގައި ހޮވުނު ޕްރޮޖެކްޓުތައް

  1. ބ. ކުޑަރިކިލުގައި ސޯލާ ލައިޓް ހަރުކުރުން.
  2. ހއ. ތަކަންދޫގައި ފޮތްކިޔުމަށް ހާއްސަ ތަނެއް ތަރައްގީކުރުން
  3. ވ. ފެލިދޫގައި ޕިކްނިކް އޭރިއާ އެއް ތައްޔާރުކުރުން
  4. ނ. މާޅެންދޫގައި މަސްކަނޑާތަނެއް ތަރައްގީކުރުން
  5. ހއ. މޮޅަދޫގައި އިކޯލޮޖިކަލް ޕާކެއް ގާއިމްކުރުން

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އެކި ރަށްރަށުގައި ޕްރޮޖެކްޓުތައް ހިްގަން ގިނަ ޕްރޮޕޯސަލްތައް ލިބުނު ކަމަށެވެ. އަދި މިފަދަ ޕްރޮޖެކްޓުތައް ހިންގުމަށް ރަށްރަށުގެ ޖަމިއްޔާތަކުންނާއި އާއްމު ރައްޔިތުން ކުރާ މަސައްކަތަށް އޭނާ ވަނީ ޝުކުރު އަދާ ކޮށްފަ އެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ  މި ފަންޑުގެ ދަށުން މުޖުތަމައަށް ފައިދާކުރާނެ މުހިންމު ޕްރޮޖެކްޓްތަކަކަށް އެހީތެރިކަންފޯރުކޮށްދިނުން. މިފަހަރުވެސް ރަނގަޅު ޕްރޮޕޯސަލް ތަކެއް ކޮމިއުނިޓީ ފަންޑަށް ލިބުނުކަން ފާހަގަކޮށްލަން.  މިއިން ދައްކައިދެނީ އަމިއްލަ ފަރުދުންނާއި  ޖަމިއްޔާތަކުން ރަށުގެ ތަރައްގީ އާއި މުޖުތަމައުގެ ލާބައަށް މަސައްކަތްކުރުމަށް ބޭނުންވާ މިންވަރު.  މިފަހަރު ކޮމިއުނިޓީ ފަންޑަށް ހޮވުނު ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަން.  އަދި މިދަތި އުނދަގޫ ހާލަތުގައިވެސް ރަށްރަށުގައި މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން.” ސައީދު ވިދާޅުވިއެވެ.

މި ޕްރޮޖެކްޓުތަކާއެކު މިހާތަނަށް ބީއެމްއެލް އިން ވަނީ 55ޕްރޮޖެކްޓެއް ހިންގަން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ކޮންމެ ކުއާޓަރެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރާކާތް ހިންގުމަށް 50،000ރ. ދޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.