މީޑިއާނެޓް މަލްޓިސްކްރީނުން މެޗު ބަލަން އުރީދޫން ސަބްސްކްރިޕްޝަން ހިލޭ

މީޑިއާނެޓުގެ މަލްޓި ސްކްރީން (އެމްއެސް) މެދުވެރިކޮށް ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ބަލަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫން ހިލޭ ސަބްސްކްރިޕްޝަން ދޭން ފަށައިފި އެވެ.

މި ޕާޓްނަޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސްއިން މިއަދުވަނީ އުރީދޫ ފްލިކްސްގެ 250 ޕެކްއަށް މީޑިއާނެޓް މަލްޓި ސްކްރީން އެޕް (އެމް އެސް އެޕް) މަންތްލީ ސަބްސްކްރިޕްޝަންއާއިއެކު ހިމަނަފައެވެ. މި ޕެކް އެކްޓިވޭޓް ކުރާފަރާތްތަކަށް ހިލޭ ސަބްސްކްރިޕްޝަން ގެ އިތުރުން މެޗުތައް ބަލާލުމަށް 20ޖީބީ ޑޭޓާވެސް ލިބިގެންދާނެއެވެ. 30 ދުވަހުގެ މުއްދަތަށް ބެނުންކުރެވޭ މި ޕެކް ނަންގަވާ ކަސްޓަމަރުންނަށް އެމް އެސް އެޕް ކޮންޓެންޓްގެ އިތުރުން ނެޓްފްލިކްސް، އައިފްލިކްސް، ޓިކްޓޮކް، ސައުންޑްކްލައުޑް އަދި ސްޕޮޓިފައި ވެސް ބޭނުންކުރެވޭނެއެވެ.

އުރީދޫން ވަނީ ފުޓްބޯޅައަށް ލޯބިކުރާ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާއެއްގެ ގޮތުން، އެ ކުންފުނީގެ ބައެއް ޕެކޭޖުތައް އަލަށް ނަގާ ކަސްޓަމަރުންނަށް މަލްޓި ސްކްރީން އެޕަށް ސަބްސްކްރައިބް ކުރެވޭނެ ގޮތް ވަނީ ހަދައިފަ އެވެ. އެގޮތުން، އާޗާ ޕްރިޕެއިޑް 750 އާއި އަޗާ ޕޯސްޓްޕެއިޑް 1000 އާއި އެކު ޕޯސްޓްޕެއިޑް އަދި ވަރަށް ތަފާތު ޕޯސްޓްޕެއިޑް 1499 އަދި 1999 ޕެކޭޖުގެ އިތުރުން ސުޕަނެޓް 50އެމް އަދި 100އެމް އަލަށް ނަގާ ކަސްޓަމަރުންނަށް ސަބްސްކްރައިބް ކުރަން ޕްރޯމޯ ކޯޑެއް ލިބޭނެ އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މިއީ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަަލް ސްޕޮންސަރުގެ ހައިސިއްޔަތުން ދިވެހިންނަށް ކޮންމެ ތަނެެއްގައި ތިބެގެންވެސް މެޗު ބަލާލުމިގެ ފުރުސަތު ފަހި ކޮށްދިނުމަށް ތައާތރަފު ކުރި ހިދުމަތެއް ކަމަށެވެ.

“މުބާރަތުގެ ޓައިޓަލް ސްޕޮންސާގެ ގޮތުގައި އަޅުގަނޑުމެންގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެންމެހައި ބޭފުޅުންނަށްވެސް މެޗުތައް ލައިވްކޮށް، ކޮންމެ ތާކުތިބެގެންވެސް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުން. މީޑިއާނެޓް ގެ އެމް އެސް އެޕް މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ހިލޭ ސަބްސްކްރިޕްޝަން އާއިއެކު ހުރިހާ މެޗެއްވެސް ކޮންމެތާކު ތިބެގެންވެސް ބަލައިލެވޭނެ،” ނިޔާޒް ވިދާޅުވި އެވެ.

މަލްޓި ސްކްރީން އެޕަކީ ހަބަރާއި މުނިފޫހިފިލުމުގެ ޕްރޮގްރާމްތަކާއި ޗެނަލްތައް ފޯނު، ޓެބްލެޓް އަދި ޓީވީ މެދުވެރިކޮށް ވެސް ބަލާލެވޭ ޕްލެޓްފޯމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.