ނަދީމަކީ ނަމޫނާ ކޮމާންޑަރެއް: އިމްރާން

ހާޓް އެޓޭކެއް ޖެހި ކުއްލި ގޮތަކަށް އަވަހާރަވި ފުލުހުންގެ ނޯތު ޑިވިޝަން ކޮމާންޑަރު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިސްމާއިލް ނަދީމަކީ ނަމޫނާ ކޮމާންޑަރެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ނ، ރ، ބ އަދި ޅ. އަތޮޅަށް ކަނޑައަޅާފައި ހުންނަވާ ކޮމާންޑަރު އުމުރުން 37 އަހަރުގެ ނަދީމަކީ ބ. ހިތާދޫ ބޭފުޅެކެވެ.

ނަދީމަށް ހާޓް އެޓޭކެއް ޖެހުނީ ހޮނިހިރު ދުވަހުގެ އޭދަފުށީގައި އޮފީސްތަކަށް ހުޅުވާލައިގެއް ބޭއްވި ފުޓްސަލް މުބާރާތުގައި ފުޓުބޯޅަ ކުޅެން ގޯލްގަ ހުއްޓަ އެވެ. އަވަހާރަވީ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނިކޮށް ރޭ 7:30 ހާއިރު އެވެ.

ނަދީމް ނިޔާވުމާ ގުޅިގެން މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުއްލިގޮތަކަށް ވަކިވެގެން ދިޔަކީ ހަރުދަނާ ލީޑަރެއް ކަމަށާއި އެއީ ޤާބިލް އޮފިސަރެއް އަދި ނަމޫނާ ކޮމާންޑަރެއް ކަމަށެވެ.

“މިއަހަރުގެ ސެޕްޓެމްބަރު މަހު ނ.އަތޮޅަށް ކުރި ދަތުރުގެ ތެރެއިން ވެސް ޗީފް އިންސްޕެކްޓަރ އިސްމާއީލް ނަދީމްގެ މިދެންނެވި ސިފަތައް ފާހަގަކުރެވުނު” އިމްރާން ވިދާޅުވި އެވެ.

ނަދީމްގެ ޖަނާޒާ ބޭއްވީ ރޭ ފަތިސް ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.

ނަދީމް ނިޔާވުމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންގެ ހުރިހާ މަރުކަޒެއްގެ ދިދަ ބައިދަނޑިއަށް ތިރިކުރަން އަންގަވާފައެވެ.

ނަދީމް އަވަހާރަވުމުން ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންގެ ޚިދުމަތުގެ ދިދަ، ފުލުހުންގެ ހުރިހާ މަރުކަޒެއްގައި ބައިދަނޑިއަށް ތިރިކުރަން ނިންމަވައި އެކަން އަންގަވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.