ބިދޭސީންނަށް ހާއްސަ ކްރިކެޓް މުބާރާތުގެ ޕާޓްނަރަކަށް އުރީދޫ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ހާއްސަ ކޮށްގެން މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާއި ކްރިކެޓް އެސޯސިއޭޝަނާ ގުޅިގެން ބާއްވާ ކްރިކެޓް މުބާރާތުގެ ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.

މިއީ މިޝަން ފޯ މައިގްރެންޓް ވޯކާސް އަށް އެއް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. މި މުބާރާތް އޮންނާނީ މި މަހުގެ 26 ވަނަ ދުވަހު އެކުވެނި ސްޓޭޑިއަމުގަ އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ 20 ޓީމަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މުބާރާތުގައި ބައިވެރިވާ ޓީމުތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މާދަމާ މެންދުރު 12:00އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް ކްރިކެޓް ބޯޑު އޮފީހަށް ނުވަތަ 7384994 އަށް ފޯމު ވައިބާ ވެސް ކުރެވިދާނެ އެވެ. މި ފޯމުތައް އެކި ބަހުރުވައިން، މިޝަން ފޯ މައިގްރަންޓް ވޯކާސްގެ ސޯޝަލް މީޑިއާތަކުން ލިބެން ހުންނާނެ އެވެ.

މި މުބާރާތް ކުރިއަށްދާ ވަގުތު ސްޓޭޑިއަމުގައި އެކި ހިދުމަތްތައް ދޭ ސްޓޯލްތައް ބަހައްޓާފައި ހުންނާނެ އެވެ. މި ހިދުމަތްތަކުގެ ތެރޭގައި ހިލޭ ހެލްތު ސްކްރީނިން ހެއްދުމާއި މޯބައިލް ފޯން ރަޖިސްޓްރޭޝަންގެ ހިދުމަތް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.