ނައުޓިލަސްއިން ޓޫރިސްޓުން އުފުލަން ސީޕްލޭނެއް ގެނެސްފި

ބ. އަތޮޅުގައި ހިންގާ މަތީ ފެންވަރުގެ ނައުޓިލަސް މޯލްޑިވްސްއިން އެ ރިސޯޓަށް ޓޫރިސްޓުން އުފުލަން ހާއްސަ ސީޕްލޭނެއް ގެނެސްފި އެވެ.

ޑީއެޗްސީ 6 ޓުވިން އޮޓާ މަރުކާގެ ބޯޓު ރާއްޖެ އައީ ޔޫއޭއީގެ ފުޖެއިރާއިން ފުރައިގެން ދިހަގަޑިއިރުގެ ދިގު ދަތުރަކަށްފަހު އާދީއްތަ އެވެ.

ނައުޓިލަސްއަށް އަލަށް ގެނައި ސީޕްލޭން އޮޕަރޭޓްކުރާނީ މަންޓާ އެއާއިންނެވެ.

ނައުޓިލަސް އަކީ މަންޓާ އެއާގެ އެއް ހިއްސާދާރު ސަންޖޭ މަނިކުގެ ބައްޕަ ޑރ. އިބްރާހިމް އުމަރު މަނިކު ތަރައްގީކުރި ރިސޯޓެކެވެ.

މަންޓާ އެއާގެ އިސް އޮފިޝަލަކު ވިދާޅުވީ އަލަށް ގެނައި ސީޕްލޭން އޮޕަރޭޓްކުރަނީ އެ ކުންފުނިން ކަމަށެވެ. އަދި އެ ބޯޓު ދަތުރުކުރަނީ ހަމައެކަނި ނައުޓިލަސްގެ ފަސިންޖަރުން އުފުލަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“މިއަހަރުގެ ޓޫރިސްޓު ސީޒަނާ ދިމާކޮށް މި ބޯޓު ގެނައި ޓޫރިސްޓުން އުފުލުމުގައި ދިމާވާ ދަތިތައް ހައްލުކުރަން. މިހާރު މިގެނައީ ސީދާ އެ ރިސޯޓުގެ ބޯޓެއް،” އެ އޮފިޝަލް ވިދާޅުވި އެވެ.

ޑޮމެސްޓިކް ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ އެއާލައިނުން މިހާރު 11 ސީޕްލޭން އޮޕަރޭޓްކުރެ އެވެ.

ރާއްޖޭގެ މަތީ ފެންވަރުގެ ބައެއް ރިސޯޓުތަކުން މިހާރު ވެސް އަމިއްލަ ސީޕްލޭން ގެންގުޅެ އެވެ. ނަމަވެސް އެ ބޯޓުތައް އޮޕަރޭޓްކުރާނީ ސީޕްލޭންގެ ހިދުމަތްދޭ ކުންފުނިތަކުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.