ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައި ހުންނެވި އޭދަފުށި، އިލާ، އަހްމަދު ލަތީފް ފަނޑިޔާރު ކަމުން ރިޓަޔާ ކުރައްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ގާޒީ އަހްމަދު ލަތީފް ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވީ މިއަދުން ފެށިގެން ކަމަށެވެ. ގާޒީ އަހްމަދު ލަތީފަކީ ޝަރުއީ ދާއިރާގައި 38 އަހަރު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.
ދަރަވަންދޫ ކޯޓްގެ އިސްމެޖިސްޓްރޭޓް ކަމަށް ބަދަލުކުރެއްވުމުގެ ކުރިން ގާޒީ އަހްމަދު ލަތީފް ހުންނެވީ ބ. ޖުޑީސަރީ ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަގާމުގަ އެވެ. އޭނާގެ 2017 ވަނަ އަހަރު ދަރަވަންދޫ ކޯޓަށް ބަދަލުކުރީ އޭނާއާ މެދު ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލަތަކެއް ބަދަލުންދަނިކޮށެވެ.
ފަނޑިޔާރުންގެ ގާނޫނު އޮންނަ ގޮތުން ފަނޑިޔާރުކަމުން ރިޓަޔާވާ ބޭފުޅުންނަށް އެ ބޭފުޅުން ހިދުމަތް ކުރެއްވި މުއްދަތަށް ރިއާޔަތްކޮށް، އިނާޔަތް ލިބޭނެ އެވެ.