ފެނަކަ ބ. އޭދަފުށީ އިންޖީނުގެ އަށް އަލަށް ގެނައި ޕެނަލް ބޯޑް އިންސްޓޯލްކުރުމަށް މާދަމާ ފަސް ގަޑިއިރަށް ކަރަންޓް ކަނޑާލަން ނިންމައިފި އެވެ.
މިކަން އަންގައި ފެނަކަ އޭދަފުށީ ބްރީންޗުން މިއަދު ނެރުނު އެންގުމެއްގައި ބުނީ އާ ޕެނަލް ބޯޑް އިންސްޓޯލްކުރުމުގެ މަސައްކަތަށް ކަރަންޓް ކަނޑާލަން ހަމަޖެހިފައި ވަނީ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް ކަމަށެވެ.
މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް އެ އިންޖީނުގޭގެ ފަރާތުން ނިހާޔަތަށް މާފަށް އެދޭ ކަމަށް އެ އިންޖީނުގެއިން ބުންޏެވެ.