ކޮވިޑްގެ ހާލަތު އަނެއްކާ ވެސް ގޯސްވެ، އޭދަފުށި ބަންދުކޮށްފި

ބ. އޭދަފުށި– ފޮޓޯ/ޔާނިއު

ބ. އޭދަފުށިން އަނެއްކާ ވެސް ކޮވިޑް-19 އަށް ގިނަ ބަޔަކު ޕޮޒިޓިވް ވަމުން ދާތީ އޭދަފުށި ބަންދުކޮށްފި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ އޭދަފުށީގައި ކޮވިޑްގެ ކޭސްތައް އަނެއްކާ ވެސް އިތުރުވަމުންދާތީ މިރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެހެންވެ، އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

މުޅި ރާއްޖޭގައި ވެސް ކޮވިޑްގެ ހާލަތު އަނެއްކާ ގޯސްވެފައި  އޭދަފުށިން އިއްޔެ އެކަނި ވެސް 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އޭގެ ކުރީ ދުވަހު 19 މީހަކު ޕޮޒިޓިވްވި އެވެ.

މިއާއެކު އޭދަފުށީގައި މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 49 އަށް އަރައިފަ އެވެ.

ކޮވިޑުގެ ކޭސްތަކާ ގުޅިގެން މީގެ ކުރިން ވެސް އެކި ފަހަރު މަތިން އޭދަފުށި މޮނިޓަރިން އަށް ލި އެވެ.

މުޅި ރާއްޖޭގައި ކޮވިޑް ކޭސްތައް ކޮންޓްރޯލް ވެފައި އޮތުމަށް ފަހު އަނެއްކާ ގޯސްވެފައި މި ވަނީ ކޮވިޑްގެ އާ ވެރިއަންޓް އޮމިކްރޮން ފެނުނު ފަހުންނެވެ. އިއްޔެ ވަނީ ރާއްޖޭން އެއް ދުވަހުގެ ކޭސްތަކުގެ އަދަދު ފުރަތަމަ ފަހަރަށް 2،000 އިން މައްޗަށް އަރައިފި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.