އާތީގެ ކޯޗުކަމުގެ ދަށުން ކްލަބް އޭދަފުށި ޕްރެކްޓިސް ފަށައިފި

ކްލަބް އޭދަފުށީގެ ފަރިތަކުރުންތަކުގެ ތެރެއިން: ފޮޓޯ/ހައިޝަމް

ކްލަބް އޭދަފުށީގެ ކޯޗަކަށް މި ފަހަރު ހަމަޖެއްސި އަހުމަދު އާތިފް (އާތީ) ކޯޗު ކަމުގެ ދަށުން އެ ޓީމުގެ ފަރިތަކުރުންތައް ފަށައިފި އެވެ.

އޭދަފުށީގެ ކޯޗުގެ ގޮތުގައި އާތީ ރަސްމީކޮށް ހަމަޖެއްސީ މިދިޔަ ހޯމަދުވަހުގެ ރެ އެވެ.

ފުޓްބޯޅައިގެ ހުނަރުވެރިކަން އުފެއްދުމުގައި އެފަދަ ދެ ވަނަ އެއް ފަދަ އޭދަފުށްޓާ އާތީ މިދިޔަ ހޯމަ ދުވަހުގެ ރޭ ހަވާލުވުމާއެކު އޭނާގެ އިރުޝާދުގެ ދަށުން އަންގާރަ ދުވަހު ކްލަބް އޭދަފުށިން ވަނީ ފަރިތަކުރުންތައް ފަށައިފަ އެވެ.

ކްލަބް އޭދަފުށީގެ ފަރިތަކުރުންތަކުގެ ތެރެއިން: ފޮޓޯ/ހައިޝަމް

ކްލަބް އޭދަފުށިން ބުނިގޮތުގައި މިފަހަރު އެޓީމުގައި މުޅިންވެސް ހިމެނޭނީ އޭދަފުއްޓަށް އުފަން ކުޅުންތެރިންނެވެ.

އާތީގެ ކޯޗުކަމުގެ ދަށުން އެ ޓީމު އެކި މުބާރާތްތަކުގައި ވާދަކުރާނެ އެވެ. އޭގެ ތެރޭގައި ޒޯން ލީގާއި 2023/2024 ޕްރިމިއާ ލީގް ކޮލިފިކޭޝަން ހިމެނެ އެވެ.

ހަތަރު ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ފަށާނީ އަންނަ މާޗް މަހުގެ އެއް ވަނަ ދުވަހު އެވެ. އޭދަފުށި ނިސްބަތްވާ ޒޯނުގައި ހިމެނެނީ ބ އަތޮޅުގެ އިތުރުން ޅ، ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ. އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވާ އޯޕަން ރައުންޑުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެ އަށް އެފްއޭއެމުން ހުޅުވާލީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

ކްލަބް އޭދަފުށީގެ ފަރިތަކުރުންތަކުގެ ތެރެއިން: ފޮޓޯ/ހައިޝަމް

ކްލަބް އޭދަފުށީގެ ކޯޗުގެ ގޮތުގައި އާތީ ހަމަޖެއްސީ ކޮލިފައިންގައި ވާދަކޮށް އޭދަފުށި ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިކޮށްދިނުމުގެ ޓާގެޓާއެކު އެވެ. އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަނުގެ އޭ ލައިސަން ކޯޗިން ފުރިހަމަކޮށްފައިވާ އާތީއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކޯޗެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.