ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ އެންމެ މަޝްހޫރު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި ފަހަރުގެ މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.

އުރީދޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު (ސީ.ސީ.އޯ) ހުސެއިން ނިޔާޒް އެވެ. އަދި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ، އެ ޖަމިއްޔާގެ ރައީސް ރިލްވާން މޫސާ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް އެންމެ ފަހުން ބޭއްވީ 2019 ވަނަ އަހަރު އެވެ. ކޮވިޑާ ގުޅިގެން މިދިޔަ އަހަރު މި މުބާރާތް ބޭއްވޭގޮތެއްނުވި އެވެ. މިއަހަރުގެ މުބާރާތް މިމަހުގެ 19 ވަނަ ދުވަހު ފަށާއިރު 91 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މިއީ މި މުބާރާތުގައި އެންމެ ގިނަ ޓީމުތަކުން ވާދަކުރާ ފަހަރެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި އޮންނަ ޓާފް ދެ ފުޓްސަލް ދަނޑުގަ އެވެ.

މުބާރާތުގައި އެންމެ ފުރަތަމަ އަތޮޅު ބުރު ކުޅުމަށް ފަހު ދެން އޮންނާނީ ޒޯން ބުރެވެ. އެއަށް ފަހު ނޮކްއައުޓް އުސޫލުން ކުޅެ ޗެމްޕިއަން ޓީމު ކަށަވަރުކުރާނީ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 65000 ރުފިޔާ ދޭއިރު ރަނަރަޕް ޓީމަށް ދޭގޮތަށް ހަމަޖެހިފައިވަނީ 25000 ރުފިޔާ އެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން އެންމެ ފަހުން ހޯދީ ފައިނަލުގައި ބ. އޭދަފުށި ބަލިކޮށް ތ. ތިމަރަފުއްޓެވެ. 2015 ވަނަ އަހަރު ފެށި މުބާރާތުގެ ފުރަތަމަ ޗެމްޕިއަނުންނަކީ ބ. ހިތާދޫ އެވެ. 2016 ވަނަ އަހަރު ތިމަރަފުށި ޗެމްޕިއަންކަން ހޯދިއިރު 2017 ވަނަ އަހަރު ޗެމްޕިއަންކަން ހޯދީ މާލެ ހެންވޭރު އެވެ. 2018 ވަނަ އަހަރު މާލެ މާފަންނު ޗެމްޕިއަންކަން ހޯދިއިރު 2019 ވަނަ އަހަރު އަނެއްކާވެސް ތަށި ހޯދީ ތިމަރަފުއްޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.