ކައިޓް ބޯޑިން މުބާރާތުން ހަންޓޭ އަށް ރިހި މެޑަލް، މަމްނޫނަށް ލޯ މެޑަލް!

ހަންޓޭ (ކ) އަދި މަމްނޫން

ރާއްޖޭގައި ބޭއްވި ކައިޓް ބޯޑިންގެ އެންމެ ބޮޑު މުބާރާތުގައި ވާދަކޮށް ބ. ގޮއިދުއަށް އުފަން ޒުވާން ކައިޓް ސާފާ ހަސަން މާހިރު (ހަންޓޭ) ރިހި މެޑަލް ހޯދިއިރު، ހަމަ އެރަށު މަމްނޫނު ނިޔާޒު ލޯ މެޑަލް ހޯދައިފި އެވެ.

ރާޅު ގުޑިން އިންތިޒާމް ކޮށްގެން އިއްޔެ ކ. މާފުށީގައި ކުރިއަށް ގެންދިޔަ ކައިޓް ބޯޑިންގެ ފައިނަލް ކާމިޔާބުކުރީ އަބްދުއްތަސްލީމް (ޑެލިއޯ) އެވެ.

ހަ ހީޓަށް ބަހާޅައިގެން ކުރިއަށް ގެންދިޔަ މި ރޭހުގައި ރައްޖޭގެ އެކި ރަށްރަށުން 31 ބައިވެރިން ބައިވެރިވެ އެވެ.

މުބާރާތުގެ އެއް ވަނައަށް ރާޅު ގުޑިން ވަނީ 15،000ރ.ގެ ފައިސާގެ އިނާމެއް ދީފަ އެވެ. އަދި ދެވަނަ އަށް 10،000ރ. ދިން އިރު ތިންވަނަ އަށް ދިނީ 5،000ރ. އެވެ.

ގޮއިދުއަކީ ރާއްޖޭގެ ކައިޓް ސާފިންގެ އެންމެ ބޮޑު ނުރަސްމީ އެކެޑަމީ އެވެ. އުމުރުން އަށް އަހަރުގެ ކައިޓް ސާފަރުން ވެސް އެރަށުގައި އެބަތިއްބެވެ. އަދި ރާއްޖޭގައި ކުރިއަށް ގެންދިޔަ އެންމެ ދިގުދެމިގެން ދިޔަ ކައިޓް ސާފު ކުރުމުގެ ސީރީޒް ވެސް ބޭއްވީ އެ ރަށުގަ އެވެ. މެދުނުކެނޑި 72 ގަޑިއރު ވަންދެން އެ ރަށުގައި ކައިޓް ސާފިން ޗެލެންޖެއް ކުރިއަށް ގެންދިޔަ އެވެ. އެއީ ރާއްޖޭގެ ރެކޯޑެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.