ދިވެހި ޕްމިއާ ލީގް ކޮލިފިކޭޝަންގައި އޭދަފުށިން ދެ ޓީމް

ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖޭގައި ކުޅެން ހަމަޖައްސާފައިވާ، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން އޭދަފުށިން ދެ ޓީމު ބައިވެރިވެއްޖެ އެވެ.

އަންނަ މާޗް މަހު 1 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ މި މުބާރާތުގައި އޭދަފުށިން ބައިވެރިވެފައިވަނީ ކްލަބް އޭދަފުއްޓާއި އޭދަފުށި ފުޓްބޯޅަ ކްލަބުންނެވެ.

އޭދަފުށި ނިސްބަތްވާ ޒޯނުގައި ހިމެނެނީ ބ އަތޮޅުގެ އިތުރުން ޅ، ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ. އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވާ އޯޕަން ރައުންޑުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެ އަށް އެފްއޭއެމުން ހުޅުވާލީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

އޭދަފުށީ ފުޓްބޯޅަ ކްލަބުން ބުނީ، މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މާދަމާ އެ ޓީމުގެ ފަރިތަކުރުންތައް ފަށާނެ ކަމަށެވެ. އެ ޓީމުން ބުނިގޮތުގައި ފަރިތަކުރުންތައް ފެށުން ލަސްވީ ދަނޑު ނުލިބުމުގެ ސަބަބުންނެވެ.

އޭދަފުށީ ފުޓްބޯޅަ ޓީމުން މަދާމަ ފަރިތަކުރުންތައް ފަށަން ތައްޔާރުވަމުން އަންނައިރު މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކްލަބް އޭދަފުށިން އަންނަނީ ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ) ގެ ކޯޗުކަމުގެ ދަށުން ފަރިތަކުރުންތައް ބާއްވަމުންނެވެ.

އާ ފުޓްބޯޅަ ފޯމެޓާ އެކު 2023/2024 ވަނަ ސީޒަނުން ފެށިގެން ދިވެހި ޕްރިމިއާ ލީގު އޮންނާނީ މުޅި ރާއްޖެ ޝާމިލްވާހެންނެވެ. ލީގުގައި 12 ޓީމަކުން ވާދަކުރާއިރު ހަތަރު ޓީމު ނިސްބަތްވާނީ ހަތަރު ޒޯނަށެވެ. އަނެއް އަށް ޓީމަކީ މިހާރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ޓީމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.