ޓެކާސް ފުޓްސަލް މުބާރާތް: އޭދަފުށި މެޗުން ބ. އަތޮޅުގެ މެޗުތައް މިރޭ ފަށަނީ

ޓެކާސް ކަޕްގައި އޭދަފުށިން ވާދަކުރާ ވެލާ ސްޕޯޓްސް- ފޮޓޯ/ވޭލާ ސްޕޯޓްސް

ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ ޓެކާސް މައިލޯ ޗެމްޕިއަންޝިޕްގެ ބ. އަތޮޅުގެ މެޗުތައް މިރޭ ދަރަވަންދޫގައި ފަށަން ތައްޔާރުވެއްޖެ އެވެ.

އެ މުބާރާތް އިންތިޒާމު ކުރާ ޓެކާސް މޯލްޑިވްސް އިން ބުނީ، ބ. އަތޮޅުގެ މެޗުތައް ފަށާނީ މިރޭ 8:30 ގައި ދަރަވަންދު އާއި އޭދަފުށި ބައްދަލު ކުރާ މެޗުން ކަމަށެވެ. މި މުބާރާތުގައި އޭދަފުށި ތަމްސީލް ކުރާނީ ވެލާ ސްޕޯޓްސް ކްލަބުންނެވެ.

މިރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ މާޅޮހާއި ކަމަދޫ އެވެ. މި ހަތަރު ރަށުގެ އިތުރުން މިއަތޮޅުން މި މުބާރާތުގައި ދެން ވާދަކުރަނީ ކިހާދޫ އެވެ.

މުބާރާތް ރާވާފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް އަތޮޅު ފައިނަލު ކުޅޭ ގޮތަށެވެ. މި ޒޯނުގެ ޗެމްޕިއަން ޓީމު ކަނޑައެޅުމަށް ބ. އަތޮޅުގެ ޗެމްޕިއަނުން ވާދަކުރަން ޖެހޭނީ ރ. ދުވާފަރާ އެވެ.

މި މުބާރާތުގެ ޒޯން އެކެއްގެ މެޗުތައް މިހާރުވަނީ ނިމިފައެވެ. އެ ޒޯންގެ ޗެމްޕިއަންކަން ހޯދީ ހދ. ކުޅުދުއްފުއްޓެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ. އަދި ރަނައަޕް ޓީމަށް 25،000ރ.ގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ކޮންމެ އަތޮޅަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް ވެސް ތައްޓާއި ޓްރޮފީ ދޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.