އޭދަފުށީ 4 ކުޅުންތެރިންނާއެކު އުރީދޫން ޒިގްޒެގް ފުޓްސަލް މުބާރާތް ކާމިޔާބުކޮށްފި

އުރީދޫ ޓީމުގަިއ ހިމެނޭ އޭދަފުށީގެ 4 ކުޅުންތެރިން

ބ. އޭދަފުއްޓަށް އުފަން ހަތަރު ކުޅުންތެރިންނާއެކު އުރީދޫން ހދ. ކުޅުދުއްފުށީގައި ބޭއްވި 8 ވަނަ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓް ކާމިޔާބުކޮށްފި އެވެ.

ދިރާގާއި އުރީދޫ ބައްދަލުކުރި ފޯރިގަދަ ފަިނަލް މެޗު އުރީދޫއިން ވަނީ ފަސޭހަކަމާއެކު 5-1 ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

މި މެޗުގައި އުރީދޫ ޓީމަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު ރިފްޝާން އާއި ޖުމައިލް ޖަމީލުގެ އިތުރުން އޭދަފުށީގެ ހާފިޒު އަހްމަދު އާއި ހުސައިން ޝަރީފު އެވެ. ރިޝްފާނު އާއި ހުސައިން ޝަރީފް ވަނީ މި މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ.

ހާފިޒު އަހްމަދު އާއި ޝަރީފްގެ އިތުރުން އުރީދޫ ޓީމުގައި އޭދަފުށީ ކުޅުންތެރިންގެ ގޮތުގައި ދެން ހިމެނެނީ އަހްމަދު އަޝްހަމް އާއި ގޯލް ކީޕަރު ސަމްއޫން މުހައްމަދު އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

ސަމްއޫން ވަނީ މުބާރާތުގެ އެންމެމޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފަ އެވެ.

ސަމްއޫންގެ އިތުރުން އެންމެމޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި އެ ޓީމުގެ ޖުމައިލު އާއި ރިޝްފާން އަދި ދިރާގު ޓީމުގެ ހަމްދޫން އަހްމަދު އާއި ޔާމިން މުހައްމަދު ވަނީ ހިމެނިފައެވެ. މި ހަތަރު ކުޅުންތެރިންނަކީ ވެސް ރާއްޖޭގެ ފުޓްސަލްގައި ވިދުން ގަދަ ތަރިންނެވެ.

މި މުބާރާތުގައި އޭދަފުށީގެ ރެފްރީ އަލީ ޝަފީޤު ވަނީ އޮފިޝަލުކަން ވެސް ކޮށްފައެވެ.

މުބާރާތުގައި އޮފިޝަލްކަން ކޮށްދިން އަލީ ޝަފީގަށް ފިލާ ހަވާލުކުރަނީ

މިއީ ކުޅުދުއްފުށީ “ޒިގްޒެގް ފޯ ޔޫތު ލިންކޭޖް” ޖަމިއްޔާއިން ކޮންމެ އަހަރަކު އެ ސިޓީގައި ބާއްވަމުން އަންނަ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. މިމަހުގެ 15 ވަނަ ދުވަހު ފެށީ މި މުބާރާތުގައި ކުޅުދުއްފުށީގެ އޮފީސްތަކާއި މުއައްސަސާތަކުން ޖުމްލަ 12 ޓީމު ވާދަކުރި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.