ކްލަބް އޭދަފުށިން އިންތިޒާމު ކޮށްގެން ބާއްވާ “އެލް މޮބައިލް އިންޓަ އޮފީސް ބެޑްމިންޓަން ޗެލެންޖް”ގެ ކުޅުން މިރޭ ފަށާނެ އެވެ.
އޭދަފުށީގައި ހުރި ސަރުކާރު އޮފީސް/ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ހަތަރު ޓީމު ވާދަކުރެ އެވެ.
މި މަހުގެ 18 ވަނ ަދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ރޭވިފައިވާ ގޮތަށް ބަލާއިރު ކޮންމެ ރެއަކު މެޗެއް ކުޅޭނެ އެވެ. ކޮންމެ މެޗެއްގައި ހަތް ޓައީ ހިމެނޭނެ އެވެ.
މުބާރާތް ފެށުމުގެ ގޮތުން ކުޅޭ މެޗުގައި ހޮސްޕިޓަލް ކޮމްބައިން ޓީމާ ދެކޮޅަށް ނުކުންނާނީ ޓީމް ހޮޓް ޝޮޓެވެ. އަދި ދެވަނަ މެޗުގައި މާދަމާ ރޭ ޓީމް ބީއޭއީސީ އާ ދެކޮޅަށް ނުކުންނާނީ ކައުންސިލް ކޮމްބައިން ޓީމެވެ.
އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތް ކާމިޔާބުކުރީ ބ. އަތޮޅު ތައުލީމީ މަރުކަޒެވެ.