ގޯލްޑަން ފުޓްސަލް ޗެލެންޖް: އޭދަފުށި ކުއާޓާ ފައިނަލަށް

ލަނޑު ޖެހުމަށް ފަހު އޭދަފުށީގެ ހަމްދާން އާއި ކީޕަރު އަޖުފާން އުފާފާޅުކުރަނީ.– ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހުޅުމާލޭގައި މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް މުބާރާތުގެ ކްއާޓާ ފައިނަލަށް ރޭ އޭދަފުށީ ދަތުރުކޮށްފި އެވެ.   

ގަދަ 16 ގެ ހުރިހާ މެޗެއްވެސް ރޭ ކުޅެފައިވާ އިރު، އޭދަފުށިން ކްއާޓާ ޔަގީންކުރީ 1-3 އިން ގދ. ވާދޫ ބަލިކޮށްގެންނެވެ.

މި މެޗުގައި އޭދަފުށްޓައް 12 ވަނަ މިނިޓްގައި މުހައްމަދު ފާސިރު (ފާއްޓޭ) ލީޑުނަގައިދިންއިރު، ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ފާއްޓޭ ތަނަވަސްކުރި އެޓޭކެއްގައި ހަމްދާން އަބްދުލް ސައްތާރު ވަނީ ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. ދެ ގޯލުގެ ލީޑަކާ އެއްކޮށް، އޭދަފުށި ކުރީގައި އޮއްވައި، ވާދޫ އަށް އުންމީދެއް ހޯދައިދިނީ އަޔާޒް އަހުމަދު ޖެހި ހިލޭޖެހުމަކުންނެވެ. ނަތީޖާ ހަމަހަމަކުރަން ވާދޫން ފޮނުވާލި ގިނަ ބޯޅަތަކެއް އޭދަފުށީގެ ކީޕަރު އަލީ އަޖްފާން އަމްޖަދު މަތަކުރި އެވެ.

އޭދަފުށީގެ އިތުރުން ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ކްއާޓާ އަށް ދެން ދަތުރުކުރީ  އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުށްޓާއި ރ. ދުވާފަރު، އަދި ދ. ކުޑަހުވަދޫ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.