މިއަހަރު ކުރީ ކޮޅު ކްލަބް އޭދަފުށީގެ ކޯޗު ކަމާ ހަވާލުވި މުހައްމަދު އާތިފް (އާތީ) މަގާމުން އިސްތިއުފާދީފި އެވެ.
އާތީ ކްލަބް އޭދަފުށީގެ ކޯޗުކަމުން އިސްތިއުފާދިންއިރު، އޭނާގެ ކޯޗުކަމުގައި އެ ކަލަބުން ކުޅުނީ ދެ މެޗެވެ. ދިވެހި ޕްރިމިއަ ލީގު ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ، މުބާރާތުގެ ކޮލިފައިންގެ އޯޕަން ޑިވިޝަންގައި، އޭދަފުށިން ވާދަކުރި ދެވަނަ ޓީމު، އޭދަފުށީ ފުޓްބޯޅަ ކްލަބްގެ މައްޗަށް ކާމިޔާބު ހޯދައި އަތޮޅު ބުރު ނުވަތަ ތިން ވަނަ ޑިވިޝަނަށް، ކްލަބް އޭދަފުށި ކޮލިފައި ކޮށްދިނީ އާތީ އެވެ.
ކްލަބް އޭދަފުށިން ބުނީ އެފްއޭއެމްގެ ޝެޑިއުލް އޮންނަ ގޮތުން ކޯޗުން ދިގު މުއްދަތަކަށް ބަހައްޓެމަކީ އުނދަގޫ އަދި ޚަރަދުބޮޑު ކަމެއް ކަމަށެވެ.
ކްލަބް އޭދަފުށީގެ ކޯޗުކަމުން އިސްތިއުފާ ދިން، އާތީ މިހާރު ވަނީ ކްލަބް އީގަލްސް އާ ހާވަލުވެފައެވެ.