ހަމްޕުގެ ގޯލުން ރާއްޖޭން ލަންކާ ބަލިކޮށްފި

ލަންކާ ކޮޅަށް ގޯލު ޖެހުމަށް ފަހު ރާއްޖޭގެ ހަމްޕު އުފާފާޅުކުރަނީ.— ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ފަހު މެޗުގައި ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ގޯލުން 1-0 އިން ސްރީ ލަންކާ އަތުން މޮޅުވެއްޖެ އެވެ.

މިއީ އިއްބެ ދިން ޕާހެއްގެ ބޭނުންހިފާ ލަންކާގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ހަމްޕު ޖެހި ލަނޑެކެވެ.

މި މެޗަށް ނުކުތްއިރު ފުރަތަމަ ދެ މެޗުން ބަލިވުމުން ރާއްޖެ އާއި ލަންކާ އަށް ވެސް ވަނީ އަންނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލިފަ އެވެ. އެކަމަކު، ދެ ޓީމުން ވެސް ނުކުތީ މޮޅަކާ އެކު ކޮލިފައިން ނިންމާލުމުގެ އަމާޒުގަ އެވެ. ރާއްޖޭން މި މޮޅާ އެކު ގްރޫޕް ނިންމާލީ ތިން ވަނައިގަ އެވެ.

ލަންކާ ކޮޅަށް ގޯލު ޖެހުމަށް ފަހު ރާއްޖޭގެ ހަމްޕު އުފާފާޅުކުރަނީ.— ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ލަންކާއަށް ކޮލިފައިންގ ނިންމާލަން ޖެހުނީ ހުރިހާ މެޗަކުން ބަލިވުމުން ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގައެވެ.

ކޮލިފައިންގގައި ރާއްޖެ ހިމެނެނީ ތައިލެންޑް، އުޒްބަކިސްތާން އަދި ސްރީލަންކާއާ އެއް ގްރޫޕެއްގައެވެ. ގްރޫޕުގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެނީ އުޒްބަކިސްތާނުގައެވެ. އޭޝިއަން ކަޕްގެ ޖާގަ ލިބޭނީ ހަ ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމާއި، ހަ ގްރޫޕުން ދެވަނައަށްދާ ޓީމުތަކުގެ ތެރެއިން ފަސް ޓީމަކަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.