އޭދަފުށީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކޮށްފި އެވެ.
ކައުންސިލްގެ ފަރާތުން މީގެ ހަފްތާއެއްހާ ދުވަސް ކުރިން އިއުލާނުކޮށްގެން އަދި އިއްޔެ ސަރުކާރު އޮފީސަތަކުގެ މުވައްޒަފުން ވެސް މި ބައްދަލުވުމަށް ފޮނުވައިދިނުމަށް އެދުމުންވެސް އެހެން ފަހަރު ތަކެކޭ އެއްގޮތަށް މި ބައްދަލުވުމަށް ހާޒިރުވެފައިވަނީ ވަރަށް މަދު ބައެވެ.
އެގޮތުން ރޭ ބޭއްވި ބައްދަލުވުމަށް ދިޔައީ އެންމެ 9 ފިރިހެނުންނާއި 9 އަންހެނުންނެވެ.
މަލްޓިޕާޕަސް ހޯލުގައި ރޭ ބޭއްވި މި ބައްދަލުވުމަކީ މިއަހަރުގެ ތެރޭގައި ކައުންސިލްގެ ފަރާތުން ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި މިފަދަ ދެވަނަ ބައްދަލުވުމެވެ.
ރޭގެ ބައްދަލުވުމުގައި ކައުންސިލުން ވަނީ މި އަހަރު ތެރޭގައި މިހާތަނަށް ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓް ހުށަހަޅާފައެވެ.
ކައުންސިލްތަކުން ކުރާ މަސައްކަތްތައް ރައްޔިތުންނާ ހިއްސާ ކުރުމަށް ކޮންމެ އަހަރަކު ދެފަހަރު، ކައުންސިލުން ރައްޔިތުންނާ ބައްދަލު ކުރުމަށް ޤާނޫނު އަސާސީން ލާޒިމުކުރެއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ބައްދަލުވުން ބޭއްވީ ފެބްރުއަރީ މަހު އެވެ.