ދަރަވަންދޫ އިސްތިހާރުކުރަން ޚާއްސަ ކެމްޕޭނެއް ފަށައިފި

ދަރަވަންދޫ ޕްރޮމޯޓްކުރަން ހަދާފައިވާ މޮނިއުމެންޓް އަދި ލޯގޯ — ފޮޓޯ/ރައީސް އޮފީސް

ދަރަވަންދޫގެ ފަތުރުވެރިކަން ފުޅާކުރުމުގެ އިތުރަށް ޕްރޮމޯޓްކުރުމުގެ ގޮތުން ޚާއްސަ ކެމްޕޭނެއް ފަށައިފިއެވެ.

ދަރަވަންދޫ އެއާޕޯޓް ސަރަހައްދުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި ކެމްޕެއިން އިފްތިތާޙްކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ، މި ކެމްޕެއިންގައި ބޭނުންކުރާ ލޯގޯ ހަދާފައިވާ “މަގޭ ދަރަވަންދޫ” މޮނިއުމެންޓް ވެސް ހުޅުވައިދެއްވައިފައެވެ.

ނައިބް ރައީސް ވިދާޅުވީ “މަގޭ ދަރަވަންދޫ” ކެމްޕޭން އާ އެކު ދަރަވަންދޫއަށް އޮތް ޑިމާންޑް އިތުރުވެގެންދާނެކަމަށެވެ.

އަޅުގަނޑު ދަންނަވާނީ މިއީ ދަރަވަންދޫ ރައްޔިތުންނަށްވެސް ލިބުނު ވަރަށް ބޮޑު ނަސީބެކޭ. އެނގިވަޑައިގަންނަވާނެ، ތަނެއް ކުރިއަރައި މިދަނީ މިގޮތަށް އެކަކު އަނެކަކާއި އެކު ކުރެވޭ މަސައްކަތްތަކުން މުއާމަލާތްކުރެވިގެން، ބައްދަލުކުރެވިގެން. އެހެންވެ، އެ ފުރުސަތު ލިބިގެން ގޮސްފައި އޮތް ހިނދު އެކަންތައްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޕްރޮމޯޓްކުރުމަށްޓަކައި ވަކި ޝިއާރެއްގެ ދަށުން ވަކި މަސައްކަތްތަކެއް ފެއްޓެވިކަމީ އެއީ އަޅުގަނޑު ދަންނަވާނީ ކައުންސިލުން ކުރެވިގެން ދިޔަ ވަރަށް މުހިންމު މަސައްކަތެކޭ،” ފައިސަލް ނަސީމް ވިދާޅުވި އެވެ.

ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހް ވިދާޅުވި ގޮތުގައި، މި ލޯގޯ ފަރުމާ ކުރުމުގައި ބޮޑަށް ބަލާފައި ވަނީ ދަރަވަންދޫއާ ގުޅުން ހުރި ކަންކަމަށެވެ.

އެގޮތުން ދަރަވަންދުއަށް އާންމުކޮށް ފަތުރުވެރިން އަންނަނީ ކައިރީގައި އޮތް އެންމަޑިއާއި ފެހުރިއްސައް ހާއްސަ ހަނިފަރު ބޭ ސަބަބުން ކަމަށް ވާތީ މި ލޯގޯގައި ވަނީ މަންތާއެއް ހިމަނާފައެވެ. ލޯގޯއިން ދެން ފާޅުވަނީ ފޮތެކެވެ. އޭގެން ރަމްޒުކޮށްދެނީ ދަރަވަންދޫއަކީ ޅެންވެރިންނާއި ޝާއިރުންގެ އިތުރުން ތަފާތު އިލްމުގެ މީހުން އުޅުނު އަދި އުޅެމުންދާ ރަށަކަށް ވާތީ އެކަމެވެ.

ދަރަވަންދޫގެ ފަތުރުވެރިކަން ފުޅާކުރުމުގެ މަގްސަދުގައި އެރަށު ކައުންސިލުން ހާއްސަ ކެމްޕޭނެއް ފަށާފައިވާއިރު، ދަރަވަންދޫއަކީ މިހާރުވެސް ފަތުރުވެރިކަން ކުރިއަރާފައިވާ ރަށެކެވެ. ދަރަވަންދޫގައި 400 އަށް ވުރެ ގިނަ ޓޫރިސްޓް ބެޑް މިހާރުވެސް އެބަހުއްޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.