ހަ ޓީމާއެކު ބައިބަލާ މުބާރާތް މިރޭ ފަށަނީ

އޭދަފުށި ބައިބަލާ މުބާރާތަށް އެޅި ރިންގުގައި ޓީމަކުން ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގައި. – ފޮޓޯ: ބީކޭ

އަޟްހާ އީދު ގުޅިގެން އޭދަފުށީގައި ބާއްވާ، ބައިބަލާ މުބާރާތް ހަ ޓީމާއެކު މިރޭ ފަށަން ތައްޔާރު ވެއްޖެ އެވެ

އޭދަފުށީގެ ގުރޫޕެއް ކަމަށްވާ ބަނަފްސާ ކަންމަތި (ބީކޭ) އިން އިސްނަގައިގެން، ރަށު ކައުންސިލާއި ބައިބަލާ އެސޯސިއޭޝަން ގުޅިގެން މުޅި އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި އޭދަފުށީގެ ޓީމުތަކުގެ އިތުރުން ގޮއިދޫ ޓީމެއް ވެސް ވާދަކުރެއެވެ.

މުބާރާތުގެ ގުރޫޕް އެކެއްގައި ހިމެނެނީ ދަ ވަޑިއަންސް އާއި ކްލަބް އެމްވީ އަދި ކްލަބް ފޯކަސް އެވެ. ގުރޫޕް 2 ގައި ހިމެނެނީ ބީކޭ ސްޕޯޓްސް ކްލަބާއި، އެމްވީ ޔުނައިޓެޑްގެ އިތުރުން ބ. ގޮއިދޫ ސްޕޯޓްސް އެވެ.

މިރޭ ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ ގްރޫޕް އެކެއްގެ ދަ ވަޑިއަންސް އާއި ކްލަބް އެމްވީ އެވެ. ދެވަނަ މެޗުގައި ވާދަކުރާނީ ގްރޫޕް ބީގެ އެމްވީ ޔުނައިޓެޑް އާއި ގޮއިދޫ ސްޕޯޓްސް އެވެ. ތިންވަނަ މެޗުގައި ގްރޫޕް އެކެއްގެ ކްލަބް އެމްވީ އާ ދެކޮޅަށް ނުކުންނާނީ ކްލަބް ފޯކަސް އެވެ.

މި މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ދެ ގްރޫޕުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓިމެވެ.  ސެމީ ފައިނަލްގެ ދެ މެޗާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހުގެ ރެއެވެ.

މުބާރާތުން ޗެމްޕިއަންކަންކަން ހޯދާ ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. 

މި މުބާރާތުގެ މެޗުތައް ކުޅޭނީ އޭދަފުށީ ދެނކުނު ފަރާތު ހިއްކި ބިމުގައި ހަދާފައިވާ ބައިބަލާ ފަސްގަނޑުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.