ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުމާއެކު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ސްކޫލަށް ވަންނަން ދަނީ

މި އަހަރުގެ ދިރާސީ އާ އަހަރު ކިޔެވުން މިއަދު ފަށައިފިއެވެ.

ދިރާސީ އާ އަހަރަށްޓަކައި ދަރިވަރުންނާއި، މުދައްރިސުންނަށް ސްކޫލްތަކުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ދިރާސީ އާ އަހަރަށް މަރުހަބާ ކީއިރު، ރާއްޖޭގެ 217 ސުކޫލެއްގައި މިއަދު ވަނީ ކިޔަވައިދޭން ފަށާފައެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުމާއެކު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ސްކޫލަށް ވަންނަން ދަނީ

ދިރާސީ އާ އަހަރަށް ދަރިވަރުންނާއި ޓީޗަރުން ކުރިމަތިލީ އާ އުންމީދުތަކާއި ލަނޑުދަނޑިތަކަކާއެކު އެވެ.

އަހަރުގެ މެދު ތެރެއަށް ސްކޫލްތަކުގެ ބޮޑު ޗުއްޓީ ބަދަލުކުރިފަހުން، ބޮޑު ބަންދަކަށް ފަހު އަހަރުގެ މެދު ތެރެއިން ދިރާސީ އާ އަހަރު ފަށާ މިއީ ފުރަތަމަ ފަހަރެވެ.

އެކަމާ ގުޅިގެން ބެލެނިވެރިންނާއި ކުދިންގެ ނުތަނަވަސް ކަމެއް ހުރި ނަމަވެސް މިއަހަރުގެ ދިރާސީ އާ އަހަރު މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ފަށާފައި ވަނީ އާ އުޒުމަކާއި އާ އުއްމީދުތަކަކާއެކުއެވެ.

މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާފައިވާއިރު މިއަހަރުވެސް ތަޢުލީމީ ދާއިރާގައި ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.


ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުންވަނީ ނިމިގެން މިދިޔަ ބޮޑު ޗުއްޓީގައި ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން ސްކޫލް ދަރިވަރުންނަށް ބޭނުންވާ ފޮތާއި ޔުނިފޯމާއި ގުޅޭ ސާމާނު ސްކޫލްތަކަށް ފޯރުކޮށްދިނުމަށްވާންޖެހޭ ގިނަ ތައްޔާރީތަކެއްވަނީ ވެފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނިގޮތުގައި މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިވަނީ 93278 ދަރިވަރުންނާ އެކުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.