ދެ އަހަރަށް ފަހު، އޭދަފުށީގައި ނާސަރީ ކުދިން ސްކޫލަށް

ބ. އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލް ބަންދު ކޮށްފައި އޮންނަތާ ދެ އަހަރެއްހާ ފަހުން، ނާސަރީ އާއި ޕްރީ ސްކޫލުގެ ދަރިވަރުންނަށް މިއަދު ކިޔަވައިދޭން ފަށައިފި އެވެ.

2018 އިން ފެށިގެން މައި ކޮލެޖުންބަހިއްޔާ ޕްރީ ސްކޫލުގައި ހިންގަމުން އައި ޕްރީ ސްކޫލްގެ އެއްބަސްވުން ކޮވިޑް 19 އާ ގުޅިގެން 2020 ވަނަ އަހަރު ބާތިލުކުރިގޮތަށް އެތަން ހުރީ ބަންދުކޮށްފަ އެވެ.

އޭގެ ފަހުން މިދިޔަ އަހަރު އެތަނުގައި އަލުން ޕްރީ ސްކޫލް ހިންގަން ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީން (ސީއައިޓީއެމް) އާ ވަނީ ހަވާލުކޮށްފަ އެވެ. ނަމަވެސް ސީއައިޓީއެމުން ޕްރީ ސްކުލުގެ ކިޔެވުން ނުފެށި ގިނަ ދުވަސްވުމާ ގުޅިގެން މިއަހަރު ކުރީކޮޅު ކައުންސިލުން ވަނީ ޕްރީ ސްކޫލް ހިންގަން އެ ސެންޓަރާއެކު ހެދި އެއްބަސްވުން ބާތިލުކޮށްފަ އެވެ.

އޭގެ ފަހުން ކައުންސިލުން ބަހިއްޔާ ސްކޫލް އަލުން ހިންގަން ހުޅުވާލި ބިޑް ކާމިޔާބޮށްއެމްއޭއެމް ޕްރީ ސްކޫލް (ބަހިއްޔާ ކެމްޕަސް) ގެ ނަމުގައި އެތަނުގައި މިއަދު ކިޔަވައިދޭން ފަށާފައިވަނީ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އިންއެވެ.

އެ ސްކޫލުގައި މިއަދު ކިޔަވައިދޭން ފަށާފައިވަނީ 70 ދަރިވަރުންނާއެކު އެވެ.

މެރިޓައިމް އެކަޑަމީން ބަހިއްޔާ ޕްރީ ސްކޫލުގައި ނާސަރީއާއި ބޭބީ ނާސަރީގެ އިތުރުން ތައުލީމީ ދާއިރާއާ ގުޅޭ ތަފާތު ކޯސްތަކާއި ޕްރޮގްރާމްތައް ހިންގާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.