
މި އަހަރު މެއި/ޖޫންމަހު ބޭއްވި އޯލެވެލް އިމްތިޙާނުގެ ނަތީޖާ އިއްޔެ އާންމުކޮށްފައިވާއިރު، ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އަށް ދަރިވަރުން ޓޮޕް ޓެން ގައި ހިމެނޭ ފެންވަރަށް ފާސްވެއްޖެ އެވެ.
ގަދަ ދިހައެއްގައި ބ. އަތޮޅު ތައުލީމީމަރުކަޒުގެ ދަރިވަރުން ހިމެނުނީ، ދެވަނައިގައި އެއް ދަރިވަރު، ހަތަރު ވަނަ އާއި ފަސް ވަނައިގައި ދެ ދަރިވަރުން، ހަ ވަނަ އާއި ހަތް ވަނައިގައި އަދި ދިހަ ވަނައިގަވެސް ދަރިވަރަކު ހިމެނިފައިވެއެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ދަރިވަރުން ރަނގަޅު ނަތީޖާއެއް ހޯދާފައިވާ ކަމަށާއި އަދި ވަކިވަކި މާއްދާތަކުން ކުރިއެރުންތަކެއް ވެސް ލިބިފައިވާ ކަމަށެވެ.
ބ. ތައުލީމީ މަރުކަޒުން ބުނީ ނަތީޖާ އާއި ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި މި ނަތީޖާ އަކީ ޓީޗަރުންނާއި ދަރިވަރުން އަދި ބެލެނިވެރިންގެ ވަރަށް ބުރަ މަސައްކަތުން ހޯދުނު ނަތީޖާއެއް ކަމަށެވެ.
