އާފި ކޯޗް، ބުރު ސްޕޯޓްސް ކްލަބް ޕްރެމިއާ ލީގަށް ކޮލިފައި ކޮށްދީފި

ބުރު، ޕްރެމިއާ ލީގަށް ކޮލިފައިވުމުން އުފާފާޅުކުރަނީ— ފޮޓޯ: ނިޝާން އަލީ | މިހާރު

އޭދަފުއްޓަށް އުފަން އާފިއު މުހައްމަދު ހާމިދުގެ އިރުޝާދުގެ ދަށުން މިއަހަރުގެ ދެވަނަ ޑިވިޝަންގައި ކުޅުނު ބުރު ސްޕޯޓްސް ކްލަބް، އަންނަ ސީޒަންގެ ދިވެހި ޕްރެމިއާ ލީގަށް ކޮލިފައިކޮށްދީފި އެވެ.

ރާއްޖޭގެ އަންހެން ގައުމީ ޓީމު އަދި ކްލަބް ވެލެންސިއާގެ އެސިސްޓެންޓް ކޯޗު އާފީ، ހެޑް ކޯޗެއްގެ ގޮތުގައި ޓީމެއް ގޮވައިގެން ނުކުތް މިއީ ފުރަތަމަ ފަހަރެވެ.

ބުރު ސްޕޯޓްސް ޕްރެމިއާ ލީގަށް ކޮލިފައިވީ، އިއްޔެ ހަވީރު ކުޅުނު ކޮލިފައިންގެ ފަހު މެޗުގައި 3-1 އިން ޓީނޭޖް ބަލިކޮށްގެންނެވެ. ކޮލިފައިންގެ ފުރަތަމަ މެޗުގައި ސަސް އަތުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި ބުރު ސްޕޯޓްސް އިން ވަނީ ދަ ގްރޭންޑް 3-1 އިން ބަލިކޮށްފަ އެވެ.

މިދިޔަ އަހަރުގެ ތިންވަނަ ޑިވިޝަން ކާމިޔާބުކުރި ބުރު ސްޕޯޓްސް ގޮވައިގެން ދެވަނަ ޑިވިޝަނަށް ނުކުމެ، އާފިއު ވަނީ އެ ޓީމަށް ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ވެސް ހޯދައިދީފަ އެވެ. ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޓީނޭޖް 4-0 އިން ބަލިކޮށްގެންނެވެ.

އާފީގެ އިރުޝަދުގެ ދަށުން ބުރު ވަނީ ދެވަނަ ޑިވިޝަންގެ ގްރޫޕް ސްޓޭޖުގައި ކުޅުނު 7 މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. އަދި ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނިއުރޭޑިއަންޓް ބަލިކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.