އޭދަފުށީ ގުރުއާން މުބާރާތުން 1 ވަނަ އަނާލް އަށް

އޭދަފުށީ ކައުންސިލް ޤުރުއާން މުބާރާތުން އެއްވަނަ ހޯދި އަނާލް އަށް އިނާމު ހަވާލުކޮށްދެނީ

ބ. އޭދަފުށީގައި ކުރިއަށް ގެންދިޔަ އޭދަފުށީ ކައުންސިލުގެ މިއަހަރުގެ ޤުރުއާން މުބާރާތުން އެއްވަނަ އަނާލް އަޙްމަދު ބިލާލު ހޯދައިފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް ފަހެއްގައި ކިޔަވަމުން އަންނަ އަނާލް ވަނީ މި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިންވެސް އެއްވަނަ ހޯދައިފައެވެ.

އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން މި މަހުގެ 1-2 އަށް ބޭއްވި ގުރުއާން މުބާރާތުގައި ހަ އުމުރުފުރައަކުން ޖުމްލަ 164 ދަރިވަރުން ވާދަކޮށްފައިވާ އިރު، މުބާރާތުން ދެވަނަ ހޯދާފައި ވަނީ އަމްނާއު އަޙުމަދު ޝާހިދު އެވެ. ތިންވަނަ ހޯދީ ޝައިމާ ޢަބްދުﷲ އެވެ.

މުޅި މުބާރާތުން ދެވަނަ ހޯދި އަމްނާއު އަޙުމަދު ޝާހިދު

މި މުބާރާތުން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް މިއަދު ހަވީރު ހާއްސަ ހަފުލާއެއް ވަނީ ބާއްވާފައި ވެ އެވެ. މުޅި މުބާރާތުން އެއްވަނަ އަދި ދެވަނައިގެ އިތުރުން، އެކި އުމުރުފުރާތަކުން އެހެން ވަނަތަކަށް ހޮވުނު ކުދިންނަށް ވެސް ޓްރޮފީ އާއި ހަނދާނީ ލިޔުން ދީފައިވެ އެވެ.

މުޅި މުބާރާތުން ތިންވަނަ ހޯދި ޝައިމާ އަށް ޓްރޮފީ ހަވާލުކޮށްދެނީ

މި މުބާރާތަކީ ރަށު ކައުންސިލުން ބުނި ގޮތުގައި މިއަހަރުގެ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަށް ދަރިވަރުން ހޮވުމަށްޓަކައި ބާއްވާ އަތޮޅު މުބާރާތުގައި ތަމްސީލުކުރާނެ ދަރިވަރުން ހޮވުމަށް ބޭއްވި މުބާރާތެކެވެ.

މި އަހަރުގެ މުބާރާތުގެ ފަނޑިޔާރުކަން ކުރީ އަލްގާރީ އަހުމަދު ތައުފީގާއި ގާރީ ޢަބްދުލް ޖަލީލް އިސްމާއިލްގެ އިތުރުން ގާރީ އިބްރާހީމް ޝަރީފް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.