ފައިނަލުގެ ޖާގައަކަށް އޭދަފުއްޓާއި ނައިފަރު ޗެލްސީ މިއަދު ނުކުންނަނީ

ކްލަބް އޭދަފުއްޓާއި ނަިއފަރު ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން– ފޮޓޯ: ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕް

ހިންނަވަރު ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ފުރަތަމަ ސެމީ ފައިނަލް މެޗުގައި މިއަދު ހަވީރު ނައިފަރު ޗެލްސީ އެފްސީއާ ދެކޮޅަށް ކްލަބް އޭދަފުށި ނުކުންނާނެ އެވެ.

މި ދެޓީމު ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ބަލިވާ ޓީމު ޖެހޭނީ މާދަމާ ކުޅޭ ސެމީ ފައިނަލުގެ ދެ ވަނަ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް ތިން ވަނަ ސެމީ ފައިނަލް މެޗުގައި ކުޅޭށެވެ. ދެ ވަނަ ސެމީގައި މާދަމާ ހަވީރު ވާދަކުރާނީ ހިންނަވަރު ސްޕޯޓްސް ކްލަބާއި ވެލިދޫ ސްޕޯޓްސް ކްލަބެވެ.

ފަސް ޓީމު ވާދަކުރި ލީގު ބުރުގެ މެޗުތައް ނިމުނުއިރު 9 ޕޮއިންޓާ އެކު އެއް ވަނަ ހޯދީ ނައިފަރު ޗެލްސީ އެވެ. ދެ ވަނަ ލިބުނު ކްލަބް އޭދަފުއްޓާއި ތިން ވަނަ ލިބުނު ހިންނަވަރުން 7 ޕޮއިންޓް ހޯދި އެވެ. އޭދަފުއްޓަށް ދެ ވަނަ ލިބުނީ ފައިދާ ގޯލު ގިނަވުމުންނެވެ. ހަތަރު ވަނަ އަށް ދިޔަ ވެލިދޫ އާއި ފުލަށްދިޔަ ނައިފަރު ބަޒޫކާ ސްޕޯޓްސް ކްލަބަށް ލިބުނީ ދެ ޕޮއިންޓެވެ. ސެމީގެ ޖާގައެއް ނުލިބި ބަޒޫކާ ކެޓީ ވެލިދޫ އަށް ވުރެ ގެއްލުން ގޯލު ގިނަވުމުންނެވެ.

ކްލަބް އޭދަފުއްޓާއި ނައިފަރު ޗެލްސީ އެފްސީ ލީގު ބުރުގައި ކުޅުނު މެޗު 1-0 އިން ކާމިޔާބުކުރީ ނައިފަރު ޗެލްސީ އެވެ. ހިންނަވަރުން ވަނީ ލީގު ބުރުގައި ވެލިދޫ ބަލިކޮށްފަ އެވެ.

ކްލަބް އޭދަފުށިން ވަނީ ލީގު ބުރުގެ ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ. މޮޅުވީ ހިންނަވަރާއި ބަޒޫކާއާ ދެކޮޅަށް ކުޅުނު މެޗުތަކުންނެވެ. ނައިފަރު ޗެލްސީ އަތުން ބަލިވެ، ވެލިދޫއާ ވާދަކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ސެމީ ފައިނަލުގެ ފުރަތަމަ ދެ މެޗު މިއަދާއި މާދަމާ ކުޅޭއިރު ފައިނަލުގެ ފަހު ޖާގަ ކަށަވަރުކުރަން ކުޅޭ ސެމީ ފައިނަލުގެ ތިން ވަނަ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު އެވެ. ފައިނަލް މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހު އެވެ.

ކްލަބް އޭދަފުއްޓާއި ނައިފަރު ޗެލްސީ ވާދަކުރާ މެޗު ހިންނަވަރު ޓާފް ފުޓްބޯޅަ ދަނޑުގައި ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.