ސެންޓްރަލް ޒޯންގެ ގްރޫޕް އޭގެ މެޗުތައް އޭދަފުށީގައި ކުޅެން ނިންމައިފި

އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި ރޮސްޓްރަމާ އެކު ހަދާ ސިޑިބަރި ހުންނާނެ ގޮތުގެ ކުރެހުމެއް

އެމްޓީސީސީ ސެންޓްރަލް ލީގުގެ ދެ ވަނަ ޑިވިޝަނުގެ ގްރޫޕް އޭގެ މެޗުތައް އޭދަފުށީގައި ކުޅޭގޮތަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

ގްރޫޕް އޭގައި ވާދަކުރާނީ ކްލަބް އޭދަފުއްޓާއި ހިންނަވަރު ސްޕޯޓްސް ކްލަބް އަދި ނައިފަރުން ޓީމެކެވެ. މުބާރާތުގެ މެޗުތައް އޭދަފުށީގައި ކުރިއަށްދާނީ އޮކްޓޫބަރު 3 އިން އޮކްޓޫބަރު 13 އަށެވެ.

ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމު ކޮލިފައިވާނީ ސެންޓްރަލް ޒޯންގެ ފުރަތަމަ ޑިވިޝަނަށެވެ.

ސެންޓްރަލް ލީގުގެ ދެ ވަނަ ޑިވިޝަނަށް ކްލަބް އޭދަފުށި ކޮލިފައިވީ އޭދަފުށީގެ އޯޕަން ރައުންޑް ކާމިޔާބުކޮށްގެންނެވެ. އޯޕަން ރައުންޑުގައި ކްލަބް އޭދަފުށި ވާދަކުރީ އޭދަފުށި ފުޓްބޯޅަ ކްލަބާ އެވެ. ދެ މެޗަށް ފަހު އެގްރިގޭޓް ނަތީޖާ ހަމަހަމަވުމުން ކްލަބް އޭދަފުށި އަނެއް ބުރަށް ކޮލިފައިވީ ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ.

އެފްއޭއެމުން 2024/2023 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ބާއްވާނީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށެވެ. ރާއްޖެ ބަހާލާފައިވާ ހަތަރު ޒޯނަކީ, ނޯތު ޒޯން، ސެންޓްރަލް ޒޯން، ސައުތު ޒޯން  އަދި މާލެ ޒޯނެވެ. ނޯތު ޒޯންގައި ހިމެނެނީ ހއ، ހދ، ށ، ނ އަދި ރ އެވެ. ސެންޓްރަލް ޒޯންގައި ހިމެނެނީ ބ، ޅ، ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ. ސައުތު ޒޯންގައި ހިމެނެނީ ތ، ލ، ގއ، ގދ، ޏ އަދި ސ އެވެ. މާލެ ޒޯނުން، ބުރު ސްޕޯޓްސް ކްލަބް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވިއިރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ވަނީ ފުރަތަމަ ޑިވިޝަނުގެ މަގާމް ދަމަހައްޓާފަ އެވެ. މިއަހަރު ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.

ނޯތު ލީގުން މިހާރު ވަނީ ފުރަތަމަ ޑިވިޝަނަށް ހޮވޭ ޓީމުތަށް ކަށަވަރުވެފަ އެވެ. އެއީ އުނގޫފާރު ފުޓްބޯޅަ ކްލަބް، އަލިފުށި ރެކްރިއޭޝަން ކްލަބް، ދިއްދޫ ބްލެކްޒީނޯ ސްޕޯޓްސް ކްލަބް، ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް، ޔުނިޓީ ސްޕޯޓްސް، އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑިވެލޮޕްމަންޓް، ޓީމް ހޮޅުދޫ އަދި ކެނދިކުޅުދޫ ފުޓްބޯޅަ ކްލަބެވެ.

ކޮންމެ ޒޯނަކުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާ 8 ޓީމުގެ މެދުގައި މެޗުތައް ކުޅޭނީ އަންނަ އަހަރު އެވެ. ކޮންމެ ޒޯނަކުން ވެސް ޗެމްޕިއަންކަން ހޯދާ ޓީމެއް 2024/2023 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެ އެވެ. އާ ފޯމެޓްގައި ދިވެހި ޕްރިމިއާ ލީގު ފަށާއިރު ލީގުގައި އޮންނާނީ 12 ޓީމެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.