ބ. އޭދަފުށީގައި ފުޓްސަލް ދަނޑެއް އަޅަން ބަޔަކާ ހަވާލުކޮށްފި އެވެ.
ފުޓްސަލް ދަނޑު އަޅަން ޔޫތު މިނިސްޓްރީން ހަވާލުކުރީ ތްރީ ޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.
މި ދަނޑު ހެދުމުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީން ސޮއިކުރީ ސްޓޭޓް މިނިސްޓަރު މުހައްމަދު ނާސިހް ރަޝީދު އެވެ. ތްރީ ޓްރީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އޮޕަރޭޝަން މެނޭޖަރު ސަދީމް އިބްރާހީމެވެ.
އޭދަފުށީ ހުޅަނގު ދެކުނު ހިއްކި ބިމުގައި ހަދާ މި ދަނޑުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 50 ދުވަހުން ނިންމާގޮތަށެވެ.
ބ. އޭދަފުށީގައި ރަށު ކައުންސިލުން މިހާރު ދަނީ ކުރިން އޮތް ފުޓްސަލް މެޓް ދަނޑު ޓާފް ދަނޑަކަށް ބަދަލުކުރަމުގެ މަސައްކަތް ވެސް ކުރަމުންނެވެ.