ބޯހިމެނުމުގެ މަސައްކަތް ފަށައިފި

އޭދަފުށީގައި ބޯ ހިމެނުގެ މަަސައްކަތް ކުރިއަށްދަނީ- އީޓީ ފޮޓޯ/ޔާނިއު

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މި އަހަރު ރާއްޖޭގައި ކުރިއަށް ގެންދާ ބޯހިމެނުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މި އަހަރުގެ ބޯހިމެނުން ކުރިއަށްދާނީ މި މަހުގެ 25ގެ ނިޔަލަށެވެ. މިފަހަރު ބޯހިމެނުމުގެ ހަރަކާތް ބާއްވަނީ ކުރިން ބޭއްވި ގޮތާ ތަފާތުކޮށެވެ. 

އެގޮތުން ރާއްޖޭގެ އާބާދީ އާއި މީހުން ދިރިއުޅޭ ތަންތަނުގެ އިތުރުން، މި އަހަރު އަލަށް އިގްތިސޯދީ މަސައްކަތް ކުރާ ތަންތަނުގެ މައުލޫމާތު ވެސް އެއްކުރާނެ އެވެ. އަދި މާލެ އާއި ރަށްރަށުގައި، އެކިއެކި މަސައްކަތް ކުރާ ތަންތަނާއި ކުރާ މަސައްކަތާއި ވަޒީފާ އަދާކުރާ މީހުންގެ އަދަދު ފަދަ މައުލޫމާތު އެއްކުރާނެ އެވެ.

އޭދަފުށީގައި ބޯ ހިމެނުގެ މަަސައްކަތް ކުރިއަށްދަނީ- އީޓީ ފޮޓޯ/ޔާނިއު

މި ފަހަރުގެ ބޯހިމެނުމުގައި މައުލޫމާތު އެއްކުރުމަށް ކަރުދާހުގެ ބަދަލުގައި ބޭނުންކުރާނީ ޓެބްލެޓެވެ. އެ މަސައްކަތަށް ބޭނުންވާ 812 ޓެބްލެޓް ވަނީ ހޯދައިފަ އެވެ. އަދި ބޯހިމެނުމުގެ މަސައްކަތުގައި 4،000 ވޮލަންޓިއަރުން ހަރަކާތްތެރިވާނެ އެވެ.

ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައިވަނީ 2014ގަ އެވެ. އެހެންވީމާ، އަނެއްކާވެސް ބޯހިމެނުމުގެ މަސައްކަތް މި ކުރަނީ އަށް އަހަރު ފަހުންނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމެނީ 1985ގަ އެވެ.

ބޯހިމެނުމަށް މީހާގެ މައުލޫމާތު ނަގާނީ ރޭގެ ދަންވަރު 12ގެ ފަހުން އެ މީހަކު ދިރިއުޅޭ ތަނަކުންނެވެ.

ބޯހިމެނުމުގެ ވަގުތީ ނަތީޖާ އަންނަ މަހު ހައެއްގައި އިއުލާނުކޮށް، ދާއިމީ ނަތީޖާ އެ މަހުގެ 20 ގައި އިއުލާނުކުރަން ވަނީ ނިންމައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.