އޭދަފުށީގައި އަވައްޓެރި ފުލުހުންގެ ހަފްތާ ފަށައިފި

އަވައްޓެރި ފުލުހުންގެ ހިދުމަތް އޭދަފުށީގައި ފެށުމުގެ ގޮތުން ފުލުހަކު މިއަދު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެސެމްބަލްިގައި ވާޙަކަދައްކަނީ

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އަވަށްޓެރި ފުލުހުންގެ ހަފްތާ ގެ ހަރަކާތްތައް ބ. އޭދަފުށީގައި ފަށައިފި އެވެ.

އަވައްޓެރި ފުލުހުންގެ ހަފްތާ އޭދަފުށީގައި ފެށޫމުގެ ގޮތުން ފުލުހުން ވަނީ މިއަދު ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި އެސެމްބްލީގައި ބައިވެރިވެ ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރާޏެ ގޮތްތަކާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދީފައެވެ. 

މުޅިރާއްޖޭގައި ކުރިއަށްގެންދާ އަވައްޓެރި ފުލުހުންގެ ހަރަކާތް އޭދަފުށީގައި ފެށިގެންދާއިރު ގިނަ ހަރަކާތްތަކެއް މިހަފްތާ ކުރިއަށް ރާވާފައިވާކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އެގޮތުން ޕާރކްތަކަށް ޒިޔާރާތްކުރުމާއި ސާފުކުރުމުގެ ހަރަކާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޒިޔާރާތްކުރުން ހިމެނެއެވެ މީގެ އިތުރުން ހާއްސަ ފުޓްބޯޅަ މެޗަކާއި ލޭ ހަދިޔާކުރުމުގެ ހަރަކާތްތަކާއި ގެތަކަށް ޒިޔާރާތްކުރުން ހިމެނެ އެވެ.

މީގެ އިތުރުން އަވައްޓެރި ފުލުހުންގެ ހަފްތާ ފާހަގަކުރުމުގެ ގޮތުން ފުލުހުންނާ ގާތުން މަސައްކަތްކުރާ ފަރާތްތަކާއެކު ބައްދަލުކުރާނެ އެވެ. އަދި މި ބައްދަލުވުންތަކުގައި އެ މީހުންގެ ހިޔާލާއި މަޝްވަރާ ހޯދައި ގުޅިގެން ކުރެވެން ހުރި ކަންތައްތަކަކީ ކޮބާތޯ ބަލާނެ އެވެ.

ގޭބިސިތަކަށާއި ފާރކްތަކަށް އަދި މީހުން އެއްވެ އުޅޭ ސަރަހައްދުތަކަށް އަވައްޓެހި ފުލުހުން ޒިޔާރާތްކޮށް ރައްޔިތުންގެ ޝަކުވާ އާއި ކަންބޮޑުވުންތައް އަޑުއަހާނެ އެވެ.

ކުޅުދުއްފުށީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު އެވެ.

އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނާއި ގާތުން، ރައްޔިތުންގެ ބައިވެރިވުމާއެކު ކުށްމަދު އަމާން މުޖްތަމައެއް އުފެއްދުމަށް މަސައްކަތް ކުރުމަށް އެކުލަވާލެވިފައިވާ ފުލުހުންގެ ހިދުމަތް ދިނުމުގެ ނިޒާމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.