ބ. ހޮރުބަދޫ ބިންމަތީފަރުގައި މެރިކަލްޗާ ފާމެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ބ. އަތޮޅު ކައުންސިލުން އިއުލާންކޮށްފި އެވެ.
އިއުލާނުގައި ބުނެފައި ވަނީ ހޮރުބަދޫ ބިންމަތީ ފަރުގައި މެރިކަލްޗާ ފާމެއް ތަރައްގީ ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހިުޅުވާލާފައިވާ ކަމަށެވެ.
އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި އަންނަ މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށްވެސް އަތޮޅު ކައުންސިލުގެ އިއުލާނުގައި ބުނެފައިވެ އެވެ.
މި މަސައްކަތް ކުރަން އެދި ހުށަހަޅާ ބީލަންތައް ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 20 ވަނަ ދުވަހު 13:00ގަ އެވެ. އަދި ބީލަންތައް ހުޅުވުން އޮންނާނީ އެ ދުވަހުގެ 13:05 ގަ އެވެ.
ބ. ހޮރުބަދޫ ބިންމަތީފަރުގައި މެރިކަލްޗާ ފާމެއް ތަރައްގީ ކުރުމަށް މީގެ ކުރިންވެސް އަތޮޅު ކައުންސިލުން އިއުލާންކޮށްފައިވެ އެވެ. އެ އިއުލާން ބާތިލްކުރީ އެކަމަށް އެކަށީގެންވާ ހުށަހަޅާފައިނުވާތީ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.